ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ބޮޑު އެއްވުމަށް ބާއްވަނީ

ދިވެހިންގެ ހައްގުތަކުގެ ދިފާއުގައި މޭޑޭގައި ބޮޑު އެއްވުމަށް ބާއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިންނާއި އާންމު ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި މެއި 1 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.

އެމްޑީޕީން  ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވި ގޮތުގައި މި އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޭޑޭ ރޭ 8:30 ގައެވެ. މި އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނާއި އާންމު ރައްޔިތުން ބައިވެރިވެ، އެމީހުންގެ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތް،“ބިގޭ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަރަންޓާއި ބޭހުގެ އަގުބޮޑުވުމާއި، ސިއްހީ ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަކީ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ މައިގަނޑު މައްސަލަތަކެވެ.

ސަރުކާރުން ސިޔާސީ ބޭނުންތަކަށް ވަޒީފާ ދިނުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށާއި، ހިޔާލު ތަފާތުވާ ފަރާތްތަކަށް ވަޒީފާގެ މިނިވަންކަން ގެއްލިފައިވާ ކަމަށްވެސް ބިގޭ ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އުފެދުމުގައި މަސައްކަތްތެރިންގެ ބޮޑު ދައުރެއް އޮތް ކަމަށް ފާހަގަކުރަމުން، މިހާރު މަސައްކަތްތެރިންގެ ހައްގުތައް ސަރުކާރުން ނިގުޅައިގަނެފައިވާތީ، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑުއުފުލުމަށް އެމްޑީޕީން ގޮވާލައިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: