ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރުގެ މައްސަލައިން ފުލުހުން އެކަހެރިކޮށް، ހާއްސަ ކޮމިޝަނެއް އެކުލަވާލުމަށް އެދި ރައީސްއަށް ސިޓީއެއް!

ޒަހަމްތަކާއިއެކު މަރާލާފައިއޮއްވާ ފެނުނު ޒަކިއްޔާ މަރުވީ އަމިއްލަޔަށް ކަމަށް އެރަށުގެ މީހުން ގަބޫލު ނުކުރޭ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ހާއްސަ ކޮމިޝަނަކާއި އެކު ހާއްސަ އިންކުއެރީއެއް ހެދައިދެެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އާިލާގެ ފަރާތުން ސިޓީއެއް ފޮނުވައިފއެވެ.

ޒަކިއްޔާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ ބުނެފައި ވަނީ ފުލުހުންގެ އިހުމާލު ފޮރުވުމަށް އެތައް ކަމެއް ކޮށްފައިވާކަމެއް ކަމަށެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދަނީ ޒަކިއްޔާ މޫސާ މަރުވީ އަމިއްލަ އަށް ކަމަށް ޢާއިލާ އަށާއި ހޮޅުދޫ ރައްޔިތުންނަށް ވިސްނައި ދިނުމަށް ކަމަށް ޝަޒިއްޔާ ވަނީ ބުނެފައެވެ.

ޒަކިއްޔާގެ މަރާއި ގުޅިގެން ރައީސްއަށް ފޮނުވި ސިޓީގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ހާމަކޮށްފައެވެ. އެގޮތުން:

  • ހޯމް މިނިސްޓަރ އަލީ އިހުސާން އަދި ކުރީގެ ސީޕީ އަލީ ސުޖާއު، ޒަކިއްޔާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާއިރު، އިހުމާލުވި ފުލުހަކަށް ފިޔަވަޅު އަޅާފައި ނުވުން
  • ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ހޯދުމަށް ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބެއް ދީފައި ނުވުން
  • އަމިއްލައަށް ވަޅި އަޅާފައިވާ ކަމަށް ބުނާނަމަ 8 ސެންޓިމީޓަރަށް ވަޅި އަޅައިގެން ކަރުގެ ނާރުތައް އަމިއްލަ އަށް ވަކިކޮށްލަނީ ނަފްސާނީ ކޮން ބައްޔަކާހެދި ކަން ބުނެދެން ޖެހޭކަން
  • ވާޗުއަލް އޮޓޮޕްސީ ހެދުމަށް 3ޑީ ސްކޭނެއް ކުރިތޯ ސުވާލުކުރުން އެ ސުވާލަށް ފުލުހުން ޖަވާބުދީފައިނުވުން
  • ނަގާފައިވާ ހެކިބަހުގައި ގެވެށި އަނިޔާ އަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިއިރު ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކޮށްފައި ނުވާކަން

މީގެއިތުރަށް އެ ސިޓީގައި ފާހަގަކޮށްފައިވަނީ ފުލުހުންގެ ފަރާތުން ހަމައެކަނި މަސައްކަތްކުރަނީ ޒަކިއްޔާ މޫސާ އަމިއްލަ އަށް މަރުވީ ކަމަށް ދެއްކުމަށް ކަމަށެވެ. އަދި ކަމުގެ ޙަޤީޤަތް ހޯދުމަށް ބޭނުން ނުވާކަމަށާއި އޭގެ ބަދަލުގައި ފެންނަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ ތަން ކަމަށް ޝަޒިއްޔާ ވަނީ ބުނެފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މި މައްސަލަ ތަޙްޤީޤުކުރާ ކަމަށްބުނެފައިވާކަމަށާއި އަދި އޭގެ ފަހުންވެސް 7 މަސް ފާއިތުވިއިރު އެކަމަށް އެއްވެސް ތަހުގީގެއް ކޮށްފައިނުވާކަމަށް ޝަޒިއްޔާވަނީ ބުނެފައެވެ. ޝަޒިއްޔާ ބުނެފައިވަނީ މި މައްސަލައިގެ ތަޙްޤީޤުން ފުލުހުން އެކެހެރިކޮށް ފުލުހުންގެ ތަޙްޤީޤާ ގުޅޭ ޚާއްޞާ އިންކުއަރީއެއް ހައްދަވައިދެއްވައި، މިކަމަށް ޚާއްޞަ ކޮމިޝަނެއް އުފައްވައިދަވައިދެއްވުމަށެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަޙުޤީޤުގައި ފުލުހުން ޢަމަލު ކުރިގޮތަށް ބަލާއިރު، ޒަކިއްޔާ މޫސާގެ މަރުގެ ތަޙްޤީޤުގައިވެސް އެއްގޮތަކަށް ޢަމަލުކޮށް މައްސަލައިގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ޝަޒިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: