ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޣައްޒާއިން ކާބޯތަކެތި ހުސްވަނީ!

ޣައްޒާގައި ކުޑަކުއްޖަކު ފެން ހޯދަން ކިއުގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ފުޑް ޕްރޮގްރާމްގެ އަތުން ޣައްޒާގައި ބެހުމަށް ބޭނުންކުރާ ކާބޯތަކެތި ހުސްވެފައިވާކަމަށް ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އިސްރާއީލުން ޣައްޒާއަށް މުދާ ވެއްދުން ހުއްޓުވާލުމަށްފަހު 54 ދުވަސް ހޭދަވެގެންދިއުމާއިއެކު ވޯލްޑް ފުޑް ޕްރޮގްރާމްގެ ދަށުން ދޫކުރަމުންދިޔަ ކާބޯތަކެތި އެއްކޮށް ހުސްވެފައިވާކަމަށެވެ. އަދި ގުދަން ކޮށްފައިހުރި އެންމެ ފަހު މުދާތަކުން ހޮޓް މީލްސް ބެހުމުގެ މަސައްކަތްތައް ކުރަމުންދާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެއްކޮށް ހުސްވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

މާޗު މަހުގެ 2 ވަނަ ދުވަހު އެ ސަރަހައްދަށް މުދާ އެތެރެކުރުން ހުއްޓުވާލުމާއިއެކު ހޫނު ކާބޯތަކެތި ފޯރުކޮށްދެމުންދާ ހަމައެކަނި ބައެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައިސްފައިވަނީ ވޯލްޑް ފުޑް ޕްރޮގްރާމްއެވެ. އަދި ވޯލްޑް ސެންޓްރަލް ކިޗަން ފަދަ މަދު ކުދި ޖަމިއްޔާތަކުންވެސް އެފަދަ މަސައްކަތްތަކެއް ކުރަމުންދާއިރު ކާޑުގެ ދަތިކަން ކުރިމަތިވުމުން ޕާން ފަދަ ތަކެތި ވީހާވެސް ގިނައިން ތައްޔާރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކޮށްފައިވެއެވެ.

ހުރިހާ ބޯޑާރ ކްރޮސިންގްތަކެއް ބަންދުކޮށްފައި ހުރުމުން 116000 ޓަނުގެ ކާބޯތަކެތި އެ ސަރަހައްދުތަކުގައި ޖަމާކޮށްފައި ހުރިކަން ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.  މިއީ މިހާ ދިގު މުއްދަތަކަށް ބަންދުކުރެވިގެންދިޔަ ފުރަތަމަ ފަހަރުކަމަށްވާއިރު ދިރިއުޅެވޭނެ ގޮތްތައް ހުސްވަމުންދާކަމަށާއި ހައްލުތަކެއް ހޯދަން ކުރި މަސައްކަތްތައްވެސް އެއްކޮށް ފަހަތަށް ސޮއްސާލާފައިވާކަމަށް ހިދުމަތްތެރިން ފާހަގަކުރެއެވެ.

އިސްރާއީލުން ބުނާގޮތުން އެ ގައުމުން ޣައްޒާއަށް މުދާ ވެއްދުމުގެ މަސައްކަތްތަކަށް ހުރަސް އަޅާފައިވަނީ ހަމާސްގެ ބާރު ދަށްކުރުމުގެ މަގުސަދުގައެވެ. އަދި އެ ސަރަހައްދަށް އެހީގެ ދަތިކަން ކުރިމަތިވެފައިނުވާކަމަށްވެސް ބުނާއިރު ސަޕްލައިތައް ހިފެހެއްޓުމުގެ ތުހުމަތުތައް ހަމާސްގެ މައްޗަށް ކުރާކަން ފާހަގަކުރެވެއެވެ.

ނަމަވެސް ހަނގުރާމައިގައި ކުރި ހޯދުމުގެ ގޮތުން ރައްޔިތުން ބަނޑަށް ޖެއްސުން އުކުޅެއްގެ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތައް އިސްރާއީލުގެ މައްޗަށް އެކި ފަރާތްތަކުން އަމާޒުކޮށްފައިވާއިރު އދއިންވަނި އެކަމަކީ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެއީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާއި ހިލާފު އަމަލެއްގެ ގޮތުގައިވެސް ބަޔާންކޮށްފައިވާކަން ފެނިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: