ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަން ފުލުހުންނަށް އަންގައިފި

ޓްރާންސްޕޯޓު މިނިސްޓަރު އަމީން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ ތަހުގީގުކުރުމަށް، ބޭނުންވާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭގެ ދެކުުނު ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަން ފުލުހުންނަށް އަންގައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ފުލުހުންނާއި ހަވާލާދީ އެހެން މީޑިއާތަކުން ވަނީ މި ވާހަކަތައް ރިޕޯޓުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ޒުވާނުން، މަސްތުވާތަކެތީގެ ޕާޓީއެއް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރ އަމީންގެ ގޭގައިކަމަށް ތުހުމަތުކުރެވެއެވެ. މި މައްސަލަގައި މިނިސްޓަރު އަމީންގެ އިސްތިއުފާއަށް އެތައް ބަޔަކު ގޮވަމުންދާއިރު، ފުލުހުން އެ ގެ ބަލާ ފާސްކޮށްފައިވަނީވެސް ހަ ދުވަސް ފަހުންނެވެ. ގެ ބެލުން ލަސްވުމާއި ގުޅިގެން ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ ތުހުމަތުތައް ފުލުހުންގެ މުއައްސަސާއަށް އަމާޒުވިއެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ރައުދު އެކަންޏެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ފަސް ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ. ރައުދާއިއެކު ޖުމްލަ 9 މީހެއްގެ ވަނަވަރު ފުލުހުން ވަނީ މި މައްސަލައިގައި ޝާމިލުވާކަމަށް ބުނެ ހާމަކޮށްފައެވެ. އެ ފަރާތްތައް ހައްޔަރުކޮށްފައިނުވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާ ޒުވާނުން އަންނަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: