ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް މަނާ ކުރުމަށް މަޖިލީހަށް

ރައްޔިތުންގެ މަޖިލީސް. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތް އޮޅަން ބޭނުން ކުރާ އާލާތްތައް މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިސްލާހު ހުށައަޅާފައިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށެވެ.

މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމަށްޓަކައި، ދުންފަތް އޮޅާ ކަރުދާހަށް ދުންފަތް އެޅުމަށްފަހު އެ އޮޅައި، ސިނގިރޭޓު ނުވަތަ ބިޑިއެއް ނުވަތަ އެފަދަ އެއްޗެއްގެ ސިފައިގައި ބަންދުކޮށް ޕެކް ކުރާ މެޝިނަރީވެސް ހިމެނޭކަމަށެވެ. 21 އަހަރުން ދަށުގެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

1، 2007، ގެ ފަހުން އުފަންވެފައިވާ މީހުންގެ އިތުރުން 21 އަހަރުން ދަށުގެ މީހުން ސިނގިރޭޓު ބޭނުން ކުރުން މަނާވާނެކަމަށް މި ބިލުގައި ބުނެފައިވެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތް އެކުލެވޭ ބާވަތްތައް އުފެއްދުމަކީ މަނާކަމެކެވެ. އަދި ދުންފަތާއި އޭގެ ތަނޑީގެ އިތުރުން ނިކޮޓިން އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއްގެ އިސްތިއުމާލުކޮށްގެން އެތަކެތީގައި އެކުލެވޭ މާއްދާއެއް ހަށިގަނޑަށް ވާސިލުވާގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީވެސް ދުންފަތުގެ ބާވަތެއްކަމަށް ގާނޫނުގައި ބަޔާން ކުރާކަމަށްވެއެވެ.

އެހެންކަނުން ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމަށް ވާއިރު ދުންފަތް އުފެއްދުމަށްޓަކައި ބޭނުން ކުރާ އެއްވެސް އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ އެތަކެތި ކަސްޓަމްސްއިން ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ ކަސްޓަމްސްއަށް އަންގާފައެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށް ދިއުމަށްޓަކައި ބޭނުންކުރާ ޕެޗު އަދި ގަމް މަނަލެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: