ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޭދަވެފައިވާ މުއްދަތުގައި 19 ވަނަ މަޖިލީހަށްވުރެ މި ދައުރުގައި ކުރި މަސައްކަތްތައް އިތުރު: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލީހުގެ ދައުރުގައި މިހާތަނަށް ހޭދަވެފައިވާ މުއްދަތާއި 19 ވަނަ މަޖިލީހާއި އަޅާ ބަލާއިރު ކުރެވިފައިވާ މަސައްކަތްތައް އިތުރުކަމަށާއި ވަޒީރުންނާއި ކުރެވިފައިވާ ސުވާލުތަކުގެ އަދަދުވެސް އިތުރުކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފާލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ހުށައެޅުއްވި ގަރާރުގައި 20 ވަނަ މަޖިލީހުގެ ރިޔާސަތުން ނަހަމަ ގޮތެއްގައި އަމަލުކުރަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. މެމްބަރު ވިދާޅުވީ، އިދިކޮޅުގެ މެމްބަރުން މަޖިލީހަށް ބިލުތަކާއި ގަރާރުތަކުގެ އިތުރުން ކުއްލި މައްސަލަތައް ހުށައަޅާއިރު މީގެ ކުރިން މަޖިލީހުގައި މަސައްކަތްތައް ކުރެވިފައިވާ ގޮތް ކޮންމެވެސް ވަރަކަށް ދިރާސާކުރަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ފަލާހު ވިދާޅުވީ، 20 ވަނަ މަޖިލީހަކީ ފަހުގެ ތާރީހެއްގައި މައިނޯރިޓީއަށް އެންމެ ބޮޑަށް އިހުތިރާމްކޮށް އަޅާލައިގެން އޯގާތެރިކަމާއިއެކު ހިންގޭ މަޖިލީސްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތަކުގައި މެމްބަރުން ތިއްބަވަނީ ފްލޯގައި ތިއްބަވާ އެ ޕާޓީއަކަށް ނިސްބަތްވާ މެމްބަރުންގެ އަދަދަަށް ރިއާޔަތްކޮށްގެންކަމަށްވާއިރު ބައެއް މުހިންމު ކޮމިޓީތަކުން އެމްޑީޕީގެ އެދުމަށް އިތުރަށްވެސް ޖާގަ ދީފައިވާނެކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، 20 ވަނަ މަޖިލީހުގައި އެމްޑީޕީއަށް 12 ސުވާލުކުރެވޭއިރު ޕީއެންސީއަށް 75 ސުވާލުކުރެވޭނެކަމަށް ކަނޑައެޅީ އަމިއްލައަށް ނޫންކަމަށެވެ. ފަލާހު ވިދާޅުވީ، އެކަން ނިންމީ ދިވެހި ރައްޔިތުންކަމަށާއި އެމްޑީޕީން 12 ސުވާލުކުރާއިރު ޕީއެންސީން 75 ސުވާލުކުރުމަށް ރައްޔިތުންވަނީ އެދިފައިކަމަށެވެ. މެމްބަރު ވިދާޅުވީ، އެއީ ދިވެހި ރައްޔިތުން ނިންމާފައިވާ ގޮތްކަމަށާއި އެއް އަހަރާއި ގާތްކުރާ މުއްދަތަކަށް މަޖިލީހުގައި މަސައްކަތްކުރެވުނުއިރު މަޖިލީހުގައި ތިއްބެވީ އެމްޑީޕީގެ 12 މެމްބަރުންކަމަށެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީއަކީ މަޖިލީހަށް މެމްބަރެއް ހޮވުމުން ނުބައި ނަސޭހަތްތަކެއް ދިނުމަށްފަހު ފޮނުވާ ޕާޓީއެއްކަމަށެވެ. އަދި މިހާތަނަށް އައިއިރު އެމްޑީޕީގެ މެމްބަރުންގެ އަހުލާގީ ކަންކަން ވަރަށް ބޮޑަށް ރަނގަޅުކުރެވިފައިވާކަމަށާއި ނަމަވެސް އަދިވެސް ބައެއް ބަސްނާހާ ބޭފުޅުން ތިއްބެވިކަމަށް ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ، ޖުމުލަ ގޮތެއްގައި ވަރަށް ބޮޑުތަން ރަނގަޅުކުރެވިފައިވާކަން އެމްޑީޕީއަށްވެސް ފާހަގަކުރެވޭނެކަމަށާއި މަޖިލީހަށް ގަރާރެއް ހުށައަޅުއްވާފައިވަނީ ބަސްއެހުމާއި ތަންކޮޅެއް ދުރު މެމްބަރެއްކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތަކާއި ކުރެވިފައިވާ ކަންކަމުގެ ވާހަކަތައް ދައްކާއިރު 19 ވަނަ މަޖިލީހުގެ ދައުރުގައި މި މުއްދަތުގެ ތެރޭގައި ކިހާ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ބަލާލަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ، ހިނގަމުންދާ ދައުރުގެ ތެރޭގައި ހޭދަވެފައިވާ މުއްދަތުގައި 19 ވަނަ މަޖިލީހުން ފާސްކުރީ 25 ބިލުކަމަށެވެ. ނަމަވެސް 20 ވަނަ މަޖިލީހުގައި މިއަދާއި ޖެހުނުއިރު 33 ބިލު ފާސްކޮށްފައިވާކަމަށާއި އެހެންކަމުން ކުރެވިފައިވާ މަސައްކަތްތައް ގިނައީ ކޮން ދައުރެއްގައިތޯ ސުވާލުކުރެއްވިއެވެ.

އެހެންކަމުން އެމްޑީޕީގެ މެމްބަރުން ބިލުތަކާއި ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށައަޅައިގެން ބަހުސްކުރާއިރު 19 ވަނަ މަޖިލީހުގައި ކުރެވިފައިވާ މަސައްކަތްތައް ދިރާސާކުރުމަށްފަހު ވާހަކަތައް ދެއްކުން މުހިންމުކަމަށާއި 20 ވަނަ މަޖިލީހުގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް މާ ގިނަކަމަށެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ރަމަޟާން މަހުގެ ތެރޭގައި ދުވަސްތަކެއް މަޖިލީސް ބަންދުވެގެންދިޔަކަމަށެވެ. އެހެންކަމުން ބަންދު ކުރި ދުވަސްތައް ކަނޑާލުމުންވެސް މި ދައުރުގައި ކުރެވިފައިވާ މަސައްކަތްތައް ގިނަކަމަށް ހިއްސާކުރެއްވިއެވެ. އަދި ވަޒީރުުންނާއި ސުވާލުކުރުމުގެ ވާހަކަތައް ދައްކާއިރު ހަގީގަތުގައި 19 ވަނަ މަޖިލީހަށްވުރެ މި ދައުރުގައި ވަޒީރުންނާއި ކުރެވިފައިވާ ސުވާލުތަކުގެ އަދަދު އިތުރުވާނެކަމަށް މައުލޫމާތު ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: