ގާޒީއެއްވިޔަސް އަދި ފުލުހެއް ވިޔަސް ވާންވީ ނުފޫޒުން އެއްކިބާވެ ތެދު ބުނެވޭނެ ހާލަތެއްގައި ހުންނަ ފަރާތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަމީން ވިދާޅުވީ ހާގީގަތުގައި 21 އަހަރުގެ ޔުމްނު ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއިންވެސް ބުނެދެނީ ގައުމެއްގެ ނަޒަރިއްޔާޔާތުން ގައުމުގެ ނުހުއްޓޭ ހައްލުނުވެ ބައިވަރު މައްސަލަތަކެއް ހުރިކަން ކަމަށެވެ. މަގުތަކުގައި ހަލަބޮލިކަން އުފެދި، އެކަން ދިމާވާން އުފެދުނު މައިގަނޑު ސަބަބަކީ ކުއްޖަކު ވެއްޓި އަޅާނުލެވި، އެކަމުގެ ބައިވެރިވި ފަރާތްތަކުގެ އިހުމާލުން ވިޔަސް އޭނައަށް ލިބެންޖެހޭ ސިއްހީ ފަރުވާ ނުލިބުން ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ނޫސްވެރިން ކުރި ސުވާލުތަކާއި އަދި އެ ހާދިސާ ފެނުނު މީހުން ދެއްކި ވާހަކަތަކާއި ދިވާނުވާކަމަށެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް އެކި ފަހަރު އެކިގޮތަށް ޖަވާބުދިނުމާއި، ފުލުހުން ދެއްކި ފުޓޭޖުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްވެސް އަމީން ވިދާޅުވިއެވެ. އެހެންކަމުން ޒުވާނުން ސުވާލު އުފެއްދި ފުރަތަމަ ފަހަރަކީ އެއީ ކަމަށް އަމީން ވިދާޅުވިއެވެ.
”އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހިރަ މިހިރަ ބައިވަރު މައްސަލަ އެބަހުރި. އެކަމު އަޅުގަނޑުމެން ވާންވީ ކޮންމެ ކަމެއް ހިނގިޔަސް ކޮންމެ އެއީ އެކަމުގައި ގުޅުން ހުރީ ކާކުތޯ، ކޮން ފަރާތެއް ތޯ، ބާރުގަދަ ނުފޫޒު ގަދަ ފަރާތެއްތޯ، އެޔެއް ނުބަލާ ދިވެހި ކޮންމެ ރައްޔިތެއް އެއީ ހަމައެއް ހަމައަކުން ބަލައި، ތަހުގީގީ އިދާރާތަކުންވެސް އެހެން ތަނަކުންވެސް އަމަލުކުރަން ފެށޭ ހިސާބަކީ ހަގީގަތުގައި މި ސިސްޓަމްގައި މިހިރަ މައްސަލަތައް ހައްލުވާނެ ދުވަހަކީ، ފުލުހުން އެއީ ނުފޫޒު ގަދަ ފަރާތެއްގެ ނޫނީ އާއިލެއްގެ ކުއްޖަކަށް ވީތީ ނޫނީ މީހަކަށް ވީތީ ވަކިގޮތަކަށް އަމަލުކޮށް އެކަހަލަ ބައިވެރިވުމެއް ނެތް އާއްމު ރައްޔިތަކާއި މެދު އިތުރު ގިތެއް ނެތް އިތުރު ގޮތަކަށް ދެކޭނަމަ ފުލުހުން ވިޔަސް ކޯޓެއްގެ ގާޒީއެއް ވިޔަސް ދެކިގެން އަމަލު ކުރާ ނަމަކާއި، ސިސްޓަމްގައި މިހިރަ މައްސަލަތަކަށް ހައްލެއް ނާންނާނެ“
އަމީން ވިދާޅުވީ ގާޒީއެއްވިޔަސް އަދި ފުލުހެއް ވިޔަސް ވާންވީ ނުފޫޒުން އެއްކިބާވެ ތެދު ބުނެވޭނެ ހާލަތެއްގައި ހުންނަ ފަރާތަކަށް ކަމަށެވެ. އަދި ސިސްޓަމްގައި ހުންނަ މައްސަލަތައް ހައްލުވާން ފަށާނީ އެހިސާބުން ކަމަށް އަމީން ވިދާޅުވިއެވެ.

