ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 20 އަހަރު ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގައި ސަންގުގެ ޓީމުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ: ފައްޔާޒް

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 20 އަހަރު ެާއްޖެއަށް އައި ބޮޑެތި ބަދަލުތަކުގައި ސަންގުގެ ޓީމުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ސަންގު ޓީވީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ފައްޔާޒް ވިދާޅުވީ ވޭތުވެދިޔަ 20 އަހަރު ތެރޭ ރާއްޖޭގެ މަޝްރަހަށް މިއައި ބޮޑު ބަދަލުގައި ސަންގުގެ ޓީމަކީ ވަރަށް ބޮޑު ހިއްސާއެއް އަދާ ކޮށްފައިވާ ބައެއްކަމަށެވެ. މިއަދު އަނެއްކާ މި ކަނޑަތުކުރަނީ އުނދަގޫ މަރުހަލާއެއްކަމަށާއި، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއިި، ދައުލަތުގެ ނިޒާމާއި އަދި މީޑިއާތަކާއި ދެމެދު ކަންބޮޑުވުންތަކެއް އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ މިހާރު މިސްރާބު ޖަހާފައިމިވަނީ ބޮޑު ބަދަލަކާއި ދިމާލަށްކަމަށް އޭނާ ވިދާޅުވިއެވެ. މިވަގުތު މީޑިއާގެ މުހިންމުކަން ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންގެ ބާރުވެރިކަން ދެެހެއްޓުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑުކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

މިއަދު މީޑިއާއާއި ދޭތެރޭގައިވެސް ބޮޑެތި ކަންބޮޑުވުންތަކެއް ރައްޔިތުންގެ މެދުގައި އޮތް އިރުގައި، އެ ހުސްކަން ފުރަމުން މިދަނީ އެހެނިހެން އާ ވަސީލަތްތަކުން. އެހެންވީމަ އަޅުގަނޑުމެން މިދެކޭ ދިމާލަށް ރާއްޖެ ގެންދިއުމުގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި މެއިންސްޓްރީމް މީޑިއާއިން އަދާކުރަން ޖެހޭ ޒިންމާތައް މާ މުހިންމު.

ފައްޔާޒް ވިދާޅުވިއެވެ.

މީޑީއާގެ ބާރުވެރިކަމަށް ބުރޫ އަރައިގެން ދާ ދުވަސްތަކެއް ފެނިގެންދާއިރު، މީޑިއާއާއިމެދުވެސް ކަންބޮޑުވުންތަކެއް އެބައޮތްކަމަށާއި، އެހެންކަމުން މީޑިއާގެ ޒިންމާ އަދާކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މީޑިއާގެ އަޑު މަޑުވާ ހާލަތްތައް އަންނައިރު، މީޑިއާގެ ބެލެންސް ގެއްލިގެންދާތަން ފެންނަކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ މި އަސަރު ސަންގު ޓީވީއަށްވެސް ކުރަމުންދާކަމަށެވެ.

އޭނާގެ އުއްމީދަކީ ގައުމަށް އަންނަމުންދާ ބަދަލުތަކުގައި، ކުރިއެކޭ އެއްފަދައިން ސަންގު ޓީވީވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ދެމިތިބުމަށެވެ. ހަބަރުތައް ގެނައުމުގައި އެންމެންގެ ހައްގުތައް ކަށަވަރުކުރުން މުހިންމުކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިކަމުގައި އެއްވެސް ޝައްކެއް ނުކުރާކަމަށް ފައްޔާޒް ވިދާލުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: