އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވާފައިވާކަން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ނިންމަވައިފިއެވެ.
އަދާލާތު ޕާޓީގެ އިންތިހާބުގައި ވާދަކުރުުމަށް ނިންމަވާފައިވާކަން މިނިސްޓަރ ޝަހީމްވަނީ އެކްސް މެދުވެރިކޮށް އާންމުކުރައްވާފައެވެ. ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީއަށް އެތައް އަހަރުތަކެއްގެ މަތިން ހިދުމަތްކޮށްފައިވާނެކަމަށެވެ. އަދި އަލުން އެޕާޓީއާއި ގުޅިވަޑައިގެން ކުރިއަށް އޮތް ރައީސަކު ހޮވާ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
އެމަނިކުފާނުގެ މެސެޖަށް އަލިއަޅުވައި މިހާރުގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވަނީ އެކަމަށް ރައްދު ދެއްވާފައެވެ. އިމްރާން ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދޯހަޅިކަމުގެ ސަބަބުން ގައުމު ވެއްޓިފައިވާ ހާލަތުން ސަލާމަތްކުރުމަށްޓަކައި ކެބިނެޓުން އިސްތިއުފާ ދެއްވުމަށްފަހު އަދާލަތުގެ ލީޑަރޝިޕަށް ވާދަކުރައްވާނަމަ އެކަމަށް މަރުހަބާ ވިދާޅުވާކަމަށެވެ.
އިިމްރާންގެ ވާހަކަތަކަށް މިނިސްޓަރ ޝަހީމްވެސް ވަނީ ރައްދު ދެއްވާފައެވެ. ޝަހީމް ވިދާޅުވީ، އަދާލަތުގެ ރައީސްކަމަށް ވާދަކުރުމަށްޓަކައި ކެބިނެޓް ދޫކުރައްވަން ނުޖެހޭނެކަމަށެވެ. އަދި އަދާލަތުގެ މެމްބަރަކު މަގާމެއްގައި ހުންނަން ދުސްތޫރު މަނާ ނުކުރާކަމަށާއި ޕާޓީގެ މެމްބަރުން ރައީސްކަމުގެ މަގާމަށް އިންތިހާބުކޮށްފި ހާލަތެއްގައި ކޮންގްރެސްއިން ނިންމާ ގޮތެއްގެ މަތިން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

