ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑުގެ ކަމަނަ ޕްލޭންގެ ޕްރޮމޯޝަން މުއްދަތު އިތުރުކޮށްފި

އެލައިޑް އިންޝުއަރެންސް ބިލްޑިންގެ އޮފީސް/ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑު އިންޝުއަރެންސް ކޮމްޕެނީގެ އިސްލާމިކު ވިންޑޯއިން ފެށި ކަމަނަ ޕްލޭންގެ ޕްރޮމޯޝަނުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެލައިޑުއިން މައުލޫމާތު ދެމުން ބުނެފައިވަނީ، އެލައިޑު އިސްލާމިކް ވިންޑޯގެ ދަށުން ކުރިޔަށް ގެންދާ ކަމަނަ ޕްރޮމޯޝަން ޕްލޭންއަށް ފުރަތަމަ ކަނޑައެޅި މުއްދަތަކީީ، މާރިޗު މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް ކަމަށްވާއިރު، އާންމުންގެ ފަރާތުން ލިބުނު ތަރުހީބާއި ގުޅިގެން، އެ މުއްދަތު މި ފެށޭ މޭ މަހުގެ ނިޔަލަށް އިތުރުކުރެވިފައިކަމަށެވެ.

މީގެއިތުރުން، އެލައިޑުގެ ކަމަނަ ޕްލޭން ނަންގަވާ ކޮންމެ ފަރާތެއްގެ ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ޕޭމަންޓުން 100 އިންސައްތައިގެ ޑިސްކައުންޓުދޭ އޮފާރ އަދިވެސް ލިބިގެންދާނެކަމަށް އެލައިޑުން ބުނިއެވެ.

އެލައިޑު އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯގެ ދަށުން ފެށި، ކަމަނަ ޕްލޭންއަކީ، އަންހެނުންނަށް ހާއްސަ މާލީ ރައްކާތެރިކަން ދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕްލޭންއެވެ. މި ޕްލޭން މެދުވެރިކޮށް، މާލީ ގޮތުން އަންހެނުންނަށް ދުރާލާ ތައްޔާރުވުމަށް އެހީލިބިގެންދާނެއެވެ. އެގޮތުން، ފުރާނައަށް ގެއްލުން ލިބެނިވި ބައްޔެއް ޖެހިއްޖެ ހާލަތެއްގައި ބޭނުންވާ މާލީ އެހީދިނުމާއިއެކު ސްކްރީންނިންގ ހިދުމަތް ލިބުން މަގުފަހިކޮށްދެއެވެ.

ކަމަނަ ޕްލޭނާއި ގުޅޭ އެހީއެއް ބޭނުންވާނަމަ، އެލައިޑް އިސްލާމިކް ވިންޑޯގެ ހޮޓަލައިން ނަމްބަރު 1600އަށް ގުޅާދެއްވުމަށް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: