ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ހައްގުވެރިންނަށް ބޯހިޔާވަހިކަން ލިއްބައިދިނުން: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ބޭނުންޖެހިފައިވާ ހައްގުވެރިންނަށް އެކަމާއި ގުޅުން ހުރި ހުރިހާކަމެއް ފުރިހަމަކޮށްދިނުންކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ، ބޯހިޔާވަހިކަމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްކަމަށާއި، މިކަމަށް ހައްލެއް ހޯދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އެންމެ އިސްކަމެއް ދެއްވި އެއް ކަމެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބޯހިޔާވަހިކަމުގެ ބިލުގައި އަސާސްތަކާއި ސިޔާސަތުތަކުގެ އިތުރުން، ސޯޝަލް ހައުސިންގް ފޯރުކޮށްދިނުމާއި ހައުސިންގް މިންގަނޑުތައް ކަނޑައެޅުމާއި ގުޅޭ މާއްދާތައް ހިމެނޭކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

”ސަރުކާރުން މިހާރުދަނީ މާލެ ސަރަހައްދުގައި ރަސްމާލޭގެ ނަމުގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރަމުން. އަދި ހުޅުމާލެ އާއި ގުޅީފަޅުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ،“ ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްތަކުގައި ރައީސްގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މަޝްރޫޢުތައް އިޢުލާންކުރެވި، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް ހިންގިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފެނިފައިވާ މައްސަލަތަކަށް ރިޢާޔަތްކޮށް، އާ ބިލުގައި އިމާރާތްކުރުމުގެ މިންގަނޑުތަކާއި، ފްލެޓުތަކުން ލިބެންޖެހޭ ޚިދުމަތްތަކާ ގުޅޭ ތަފްސީލީ މާއްދާތައް ހިމަނާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: