ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މަނިޓަރީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިއްޖެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަދި އަރިހުގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މަނިޓަރީ ހާލަތު ރަނގަޅު ރާސްތާއަކަށް ގެނެވިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ މަނިޓަރީ ހާލަތުވަނީ ރަނގަޅު ރާސްތާއަކަށް ގެނެވިފައިކަމަށެވެ. އެގޮތުން މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވުގައި 791 މިލިއަން ޑޮލަރު ހުރިކަމަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، ޓްރެންޑު ހުރީ ރަނގަޅު މިސްރާބެއްގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަރަނިތައް ދެއްކުމަށްޓަކައި މި އަހަރުގެ މިހާތަނަށް 2.5 ބިލިއަން ރުފިޔާ ހަރަދުކުރެވިފައިވާކަމަށެވެ. އަދި މިއީ ކުރިން ނަގާފައިވާ ލޯނުތަކެއްކަމަށާއި މީގެ ތެރޭގައި 100 މިލިއަން ޑޮލަރު ދައްކަން ޖެހުނު ފުރުސަތެއްވެސް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ، ފިސްކަލް ހާލަތަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އޭޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީއާއި ހިލޭ އެހީގެ ޖުމުލަ 12.4 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ޖުމުލަ ހަރަދުތައް ހުރީ 10.5 ބިލިއަން ރުފިޔާގައިކަމަށާއި ހޭދަކުރުމަށް ކަނޑައެޅިފައިވާ ބަޖެޓަކީ 13.7 ބިލިއަން ރުފިޔާކަން ހިއްސާކުރެއްވިއެވެ. އަދި އޯވަރޯލް ބަޖެޓު ސާޕްލަސްއަކީ 1.9 ބިލިއަން ރުފިޔާކަމަށްވާއިރު ޕްރައިމަރީ ބެލެންސްވެސް 3.5 ބިލިއަން ރުފިޔާއިން ސާޕްލަސްވެފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ވިދާޅުވީ، ވަކި ތަރުތީބެއްގެ މަތިން މަސައްކަތްތައް ބައްޓަންކުރެވިފައިވާކަމަށެވެ. އަދި މި އަހަރު ނިމިގެންދާއިރު ދަރަނީގެ އަދަދު 9.4 ބިލިއަނަށް ކުޑަކުރަން އެދޭކަން މީގެ ކުރިން ހިއްސާކުރައްވާފައިވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ބޭރުގެ ދަރަނިތައްވެސް ދައްކަން ބޭނުންވާކަމަށާއި އެހެންކަމުން މިހިސާބަށް މަސައްކަތްތައް ކޮށްފައިވަނީ ހުރި އަދަދުގެ ޕްރައިމަރީ ބެލެންސެއް ދެމެހެއްޓުމަށް ރާވައިގެންކަމަށް އަލިއެޅުއްވިއެވެ. ނަމަވެސް ކުރަންޖެހޭ ހަރަދުތައް ނުކޮށް ސޭވްކުރަމުންދަނީ ނޫންކަމަށާއި ސަރުކާރުންދަނީ ކުރަންޖެހޭ ހަރަދުތައް ކުރަމުންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން ފާސްކުރި ބޭރު ފައިސާއާއި ބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއިއެކު ބޭންކުތަކަށް މިހާތަނަށް 214 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށެވެ. އެހެންކަމުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބިގެންދާކަމަށާއި މިގޮތުގެ މަތިން ހުއްޓުމެއް ނެތި އެއްބާރުލުން ލިބިގެންދާނަމަ ލިބިގެންދާނެ ފައިދާތަކުގެ ވާހަކަތައް މީގެކުރިން ހިއްސާކުރައްވާފައިވާނެކަމަށެވެ.

އޭގެ ތެރޭގައި ކްރެޑިޓް ކާޑު ލިމިޓު އިތުރުކޮށްދިނުމާއި ބޭރަށް ފުރާއިރު ލިބޭ ޑޮލަރުގެ އަދަދު އިތުރުކުރުން އަދި އެސްއޯއީތަކުން ޑޮލަރު ހޯދާ ޕެރަލަލް މާކެޓު އުވާލުމުގެ އިތުރުންވެސް ފައިދާތައް ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިހާރު ކުރަމުންދާ ގޮތަށް ޑޮލަރު މާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާނަމަ އެ ލަނޑުދަނޑިތައް ހާސިލުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: