ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލީ ރައީސް ޔާމީނަށް ރީތި ނަމެއް ހޯދައިދޭން، އެކަމަކު ބޮލުގަ އެޅުނީ އެހެން ބަދުނާމެއް: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އޮތް ނުފޫޒުގެ ތުހުމަތާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ހާއްސަކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލައާއި އެކު، އެ އަޑުތައް ވަނީ ގަދަވެފަ އެވެ.

ދެ ގަޑިއިރުގެ ބޮޑު ޕްރެޒެންޓޭޝަނަކަށް ފަހު ހުޅުވާލި ފުރުސަތުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް ވިދާޅުވީ އެމަނިކުފާނު އައްޔަނު ކުރާ ބަޔަކު މަގާމެއްގައި ހުރުމަކީ އެއީ ނުފޫޒު ފޯރުވާނެކަމަށް ދެކެންވާ ސަބަބެއް ނޫންކަމަށެވެ.

ރައީސް ވިދާޅުވީ މަގާމުތަކަށް ކޮންމެ ބޭފުޅަކު ވެސް އައްޔަނުކޮށް، ދޭ ޒިންމާއަކީ ރަނގަޅަށް މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ. ރައީސް ވިދާޅުވީ މިއަދާއި ހަމައަށް ވެސް އެމަނިކުފާނު މިނިވަން މުވައްސަސާއަށް އައްޔަނު ކުރި ބޭފުޅެއް ނުވަތަ ޖުޑިޝަރީއަށް އައްޔަނު ކުރި މީހެއް މެދުވެރިކޮށް ފޯރުވި ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފްތާގައި ކުރިޔަށް ގެންދިޔަކަން އެނގިވަޑައިގަތީ ނޫސް ރިޕޯޓުތަކުން ކަމަށެވެ.

ނުފޫޒެއް ނުފޯރުވަން ރައީސް ޔާމީންގެ ކޭސްއަކަށް.. އަދި އެހެން އެއްވެސް މީހެއްގެ ކޭސްއަކަށް ވެސް.. އަޅުގަނޑު ކުރާނެކަމެއް ނޫންއެއިކީ.. އަޅުގަނޑު ވަރަށް ރެސްޕެކްޓު ކުރަން..

ޖުޑިޝަރީއަށް ނުފޫޒެއް ނެތްކަމަށް ތަކުރާރު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު މިނިވަންވެފައި ހުރީ ވެސް އެފަދަ އެއްވެސް ހާލަތެއް ނެތުމުން ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވެފައި ވަނީ ސިޔާސީ ހުކުމަކުންކަމުގައި ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު، މިނިސްޓަރެއްގެ ގޮތުގައި ވެސް އޭރު މަސައްކަތް ކުރަމުން އައީ އިހުލާސްތެރިކަމާއި އެކު ކަމަށެވެ. އަދި އޭގެ ފަހުން މާލޭގެ މޭޔަރުކަމަށް ވަޑައިގެން ވެސް ބެއްލެވީ ރައީސް ޔާމީން ފަހުރުވެރިވާނެ މަސައްކަތެއް ކުރެވޭތޯ ނަމަވެސް އެމަނިކުފާނުގެ ވިސްނުމާއި ފިކުރާއި ހިޔާލު ބަދަލުވެފައިވުމަކީ ހިތާމައެއްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: