ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސަލްއަށް ވަޒީރުކަން ދިނީ ޑީލްއެއްގެ ދަށުންނެއް ނޫން، އަބްދުއްރަހީމާއި ދެމެދު މައްސަލައެއް ވެސް ނެތް: ރައީސް

ޕީއެންސީ ހަރުގެ ޖަލްސާއަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ރައީސްއާ ސަލާން ކުރައްވަނީ -- ފޮޓޯ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން، އިބްރާހިމް ފައިސަލްއަށް މި ސަރުކާރުގެ ވަޒީރުކަން ފުރަތަމަ ދިނީ އެއްވެސް ޑީލްއެއްގެ ދަށުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ފައިސަލް މަގާމުން ވަކިކުރުމާއި ހަމައަށް އޭނާ ފާހަގަކުރެވުނީ، ރައީސްގެ ދިފާއުގައި އެންމެ ގިނައިން ވަކާލާތުކޮށް ވާހަކަ ދައްކަވަމުން އައި ވަޒީރުގެ ގޮތުގަ އެވެ. އަދި ރައީސް މުއިއްޒުގެ ތާއީދުގައި، ފައިސަލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ފައިސަލް މަގާމުން ވަކިކޮށް، ޓޫރިޒަމް މިނިސްޓްރީއާއި އެންވައިރޮމެންޓް މިނިސްޓްރީ އެއްކުރިއިރު ފައިސަލް ވަކިކުރުމާއި ގުޅޭގޮތުން މާބޮޑު ތަފްސީލެއް ލިބިފައި ނުވެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރީ، ފައިސަލްއަށް މަގާމު ދީފައި ވަނީ އެއްވެސް ޑީލްއެއްގެ ދަށުންތޯއެވެ. އެކަން ދޮގުކުރައްވައި ރައީސް ވިދާޅުވީ އެއީ ޑީލްއެއް ނޫންކަމަށާއި އެހެން ނަމަވެސް ފައިސަލްއަށް މަގާމު ދިނީ އަބްދުއްރަހީމާއި އޮންނަ ގާތް ގުޅުމުގެ ތެރެއިންކަމަށް ބުނެވިދާނެ ކަމަށެވެ.

ފައިސަލް ވަކިކުރީ ކީއްވެގެންތޯ ނޫސްވެރިޔާ ކުރި ސުވާލަށް ރައީސް ވަކި ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ހަމައެކަނި ވިދާޅުވީ މަގާމުތަކަށް އައްޔަނު ކުރުމަކީ ރައީސަށް ލިބިދޭ ބާރެއްކަމަށެވެ.

މަގާމުން ވަކިކުރުމުން ފައިސަލް މިހާރު ހުންނެވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ. އެ މައްސަލައިގައި އަބްދުއްރަހީމާއި ރައީސް މުއިއްޒު ދެމެދު ސިޔާސީ ގޮތުން ގުޅުން ގޯސްވެފައިވާކަމަށް ވެސް އަޑުފެތުރުނެވެ. އެކަމާއި ގުޅޭގޮތުން ކުރި ސުވާލަށް ރައީސް ވިދާޅުވީ އަބްދުއްރަހީމާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: