ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ގަސްގަހާއި، ގަހުގެ ބައިތައް އެތެރެކޮށްފައިވޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން، 3،8،69،648(ތިންމިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއިގެއްސާއި، ގަހުގެ ބައިތައް ރާއްޖެ އެތެރެކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.

މި ތަކެތީގެ ތެރެއިން ގަސްގަހާއިގެހި ރާއްޖެއެތެރެކުރުމަށް އޮންނަ ޤަވައިދުތަކާއި ޚިލާފަށް 37 ޝިޕްމެންޓް ވަނީ ރާއްޖެއެތެރެކޮށްފައެވެ. އެއީ 4732 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ.

މިގޮތަށް ޤަވައިދާއި ޚިލާފަށް އެތެރެކުރި ޝިޕްމެންޓެގެ ތެރެއިން 2 ޝިޕްމެންޓެއް ވަނީ ލިޔެކިއުންތައް ހަމަކޮށްފަައެވެ. އެއީ 324 ގަސްގަހާގެއްސާއި ގަހުގެ ބައިތަކެވެ. އަދި ތަކެތި ނައްތާލުމުގެ އުސޫލުގެ ތެރެއިން 35 ޝިޕްމެންޓް ގެ ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް ވަނީ ނައްތާލެވިފައެވެ. އެއީ 4408 ގަސްގަހާއިގެއްސާއި ގަހުގެ ބައިތަކެވެ.

ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއިގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓްރީއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: