ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އަމީންއަށް އެއް ގަޑިއިރު!

މިނިސްޓަރު އަމީން:ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ވަގުތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މާލޭގެ އިމާރާތެއްގެ މަތީން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، އެރޭގެ މުޅި މައްސަލަ އެއްކޮށް ފެށިގެން އަންނަނީ މއ. މާންދޫގޭ، ދެކުނު ގޭގައި އޮތްކަމަށް ބުނާ ޕާޓީ އެވެ.

ޔުމްނު ވެއްޓުނުތާ ހަފްތާއެއް ފަހުން އެ ގޭގެ ޓެރިސް ބަލައި ފާސްކުރި ނަމަވެސް މައްސަލައާއި ގުޅުން ހުރި އެއްވެސް ކަމެއް ފެނިފައި ނުވެއެވެ. އަދި އެގޭގެ ސީސީޓީވީއަށް ފުލުހުން އެދުމުން، ކެމެރާތައް ހަލާކުވެފައިވާކަމަށް އަމީން ވަނީ އެ މުވައްސަސާއަށް އަންގާފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ މައުލޫމާތު ދިނުމަށް ފުލުހުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ”މިނިސްޓަރ އަމީން އެބަ ގުޅުއްވާ“ ވިދަޅުވާ އަޑު މައިކަށް އަރާފައި ވެއެވެ. އެ ޕްރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން ގެންދެވީ ސީޕީގެ ހައިސިއްޔަތުން ކުރީގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި މިހާރު ފުލުހުންގެ މުވައްސަސާ ހިންގެވުމާއި ހަވާލުވެ ހުންނެވި ނަވީންނެވެ.

މި މައްސަލައަށް ނުފޫޒު ފޯރުވާ މީހުންގެ ތެރޭގައި އަމީން ހިމެނޭކަމަށް ތުހުމަތުކޮށް، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އެވެ.

އަމީންގެ އިތުބާރު ނެތްކަމަށް ޕާޓީގެ 12 މެމްބަރުންގެ ސޮޔާއި އެކު މަޖިލީހަށް ހުށަހަޅައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން އާންމުންގެ ވަރަށް ބޮޑެތި ކަންބޮޑުވުން އެބަހުރިކަމަށެވެ. އަދި އަމީންގެ އާއިލާއަށް ނިސްބަތްވާ ޒުވާނުންތަކެއް އެރޭ އެގޭގައި ޕާޓީ ކުރިކަމަށް ތުހުމަތު ކުރެވޭއިރު، އަމީން މަސައްކަތް ކުރަނީ އެ މީހުން ސަލާމަތްކޮށް ހަގީގަތް ފޮރުވުމަށްކަމަށް ވަނީ ބުނެފަ އެވެ.

މައްސަލައިގައި މިއަދު އޮތް ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވައި، އިސްދޫ ދާއިރާގެ މެމްބަރު އިސްމާއިލްގެ ތާއީދާއި އެކު ފާސްކޮށްފައި ވަނީ ގޮތުގައި މެމްބަރުންނަށް ބަހުސްކޮށް ސުވާލު ކުރުމަށް އެއް ގަޑިއިރު، އަދި ޖަވާބުދާރީވުމަށް ވެސް އެއްގަޑިއިރު ދިނުމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: