ދިވެހިރާއްޖޭގައި އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރޮރިޒަމް ކޯލިޝަން(އައިއެމްސީޓީސީ) ގެ ”ބިލްޑިންގް ދަ ކެޕޭސިޓީ އޮފް އިމާމްސް އެންޑް ޕްރީޗާސް“ ޓްރެއިންނިންގ ޕްރޮގުރާމް އިފްތިތާހްކޮށްފިއެވެ.
މި ޕްރޮގުރާމަކީ އައިއެމްސީޓީސީގެ ސްޓްރެޓިޖިކް އިނިޝިއޭޓީވްގެ ”ވަސާތާ“ގެ ދަށުން އިންތިޒާމުކޮށްގެން ކުރިޔަސް ގެންދާ ޕްރޮގުރާމްއެކެވެ. އެގޮތުން، މި ޕްރޮގުރާމަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިމާމުގެ ހައިސިއްޔަތުން މަސައްކަތްކުރާ ފަރާތްތަކަށާއި ދަރުސްވެރިންނާއި ވާހަކަދެއްކުންތެރިން ހިމެނޭ ގްރޫޕް އެއްތަނަކަށް ޖަމާވުން މަގުފަހިކޮށްދޭ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ޑރ މުހައްމަދު ޝަހީމް އަލީ ސައީދުއާއި މިނިސްޓަރ އޮފް ސްޕޯޓްސްގެ އިތުރުން އައިއެމްސީޓީސީގެ ސެކެޓަރީ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލް-މޮގްހެޑީ ބައިވެރިވެވަޑައިގެންނެވިއެވެ.
ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ، ޓެރަރިޒަމާއި ހަރުކަށި ފިކުރުތަކުން ދިވެހި މުޖުތަމައު ރައްކާތެރިކުރުމުގައި އައިއެމްސީޓީސީން ކުރަމުންދާ މަސައްކަތްތަކަސް ޝުކުރުއަދާކުރާކަމަށެވެ.
މި ޕްރޮގުރާމަކީ ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގުރާމުގައި ހަރުކަށި ޖަމާތައްތަކުން ބޭނުންކުރާ ޕްރޮޕެގެންޑާ އުސޫލުތަކާއި، އާންމު ވާހަކަ ދެއްކުމުގައި ބޭނުންކުރާ އަސާސުތަކާއި ހުނަރުތަކާއި މޮޑެރޭޝަން އެންޑް ބެލެންސްގެ ކޮންސެޕްޓްތަކަށް އަލިއަޅުވާލަ ސިލްސިލާ ލެކްޗަރތަކާއި ވޯކްޝޮޕްތައް މި ޕްރޮގުރާމުގައި ކުރިޔަށް ގެންދާނެއެވެ.
އައެމްސީޓީސީއަކީ ޓެރަރިޒަމާއި ދެކޮޅަށް ކުރާ ހަނގުރާމައާއި އެހިނެހެން ކައުންޓާރ ޓެރަރިޒަމް ހަރަކާތްތަކުގެ މައްޗަށް ބިނާކޮށް، ދުނިޔޭގެ މިނިވަން 42 މުސްލިމް މެމްބަރު ގައުމެއްގެ ގޮތުގައި އިންޓަރ ގަަވަރމެންޓަލް ކައުންޓާ ޓެރަރިޒަމް މިލިޓަރީ އިއްތިހާދެކެވެ.

