ރައީސްއަކު ބޭއްވި އެންމެ ދިގު ޕްރެސްކޮންފަރެންސްގެ ރިކޯޑާއި ހަމަޔަށް އައީ އެހެން ރިކޯޑަކާއި އެކުކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގުރާމުގައި ވަރަށް ގިނަ ދުވަސްތަކަކަށްފަހު ބޭއްވުނު ރައީސްގެ ޕްރެސްކޮންފަރެންސްއާއި ގުޅިގެން ވާހަކަދައްކަވަމުން، އަހްމަދު ދީދީ ވިދާޅުވީ، ދާދިފަހުން ރައީސް ބޭއްވި ޕްރެސްކޮންފަރެންސަކީ ރިކޯޑެއްކަމަށް ބުނެ ވަރަށް ގިނަ ބަޔަކު ޕްރޮޕަގޭޓްކުރަމުންދާކަމަށެވެ. އެހެންނަމަވެސް، އެ ރެކޯޑާއި ހަމަޔަށް އައީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ނޫސްވެރިންނާއި ބައްދަލުނުކޮށްކަމަށެވެ.
އަހްމަދު ދީދީ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް ފިއްލަވައިގެން އުޅުމަށްފަހުކަމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީކަމަށެވެ.
އަހްމަދު ދީދީ ވިދާޅުވިގޮތުގައި، ރައީސް ބޭއްވި ޕްރެސްކޮންފަރެސްގައި ނޫސްވެެރިންނަށް ޖަވާބުދިނުމުގެ ބަދަލުގައި ނޫސްވެރިން ސަރުކާރުގެ ޕޮލިސީތަކާއި ގުޅޭގޮތުން ސުވާލުކުރުމުން، އެ ޕޮލިސީތައް ދިފާއުކުރަން މަސައްކަތްކުރިކަން އެބޭފުޅާއަށް ފާހަގަކުރެވުނު ކަމަށެވެ.
ޑިފެންޑޭ މިދެންނެވީ، ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު އެބަ ގަބޫލުކުރޭ، މީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ގިނަ ވައުދުތަކެއްވެފަ، އެ ވައުދުތަކާ ހިލާފު އެތައް ކަމެއް ކުރައްވަމުން ގެންދަވާކަމަށް، އެހެންނަމަވެސް، މީ އެކަމާއި ގުޅޭގޮތުން ވާހަކަދެއްކީމާ އެޔަކަށް ސީދާ ޑައިރެކްޓް ޖަވާބެއް ނުދިން
އަހްމަދު ދީދީ ވިދާޅުވިގޮތުގައި، ރައީސް ބޭއްވި ޕްރެސްކޮންފަރެންސްްގައި ރައްޔިތުންގެ މެދުގައި ހުރި ސުވާލުތަަށް ނޫސްވެރިން ކުރެއްވުމުން، އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި، ރައީސް ދެއްވީ ފުރިހަމަނޫން ޖަވާބުކަމަށެވެ.

