ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކިސްތާނާއި އިންޑިއާއިން ހަނގުރާމައެއް ނުފެށުމަށް ގުޓޭރެޒް އެދިވަޑައިގެންފި

އެންޓޯނިއޯ ގުޓޭރެސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ހަނގުރާމައެއް ނުފެށުމަށް އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެޒް އިލްތިމާސްކުރައްވައިފިއެވެ. މިކަން އެމަނިކުފާނު ވިދާޅުވެފައިވަނީ އދގެ ހެޑްކުއާޓާރޒް ބޭރުގައި ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ގުޓޭރެޒް ވިދާޅުވެފައިވަނީ، ”މިހާ ހައްސާސް ވަގުތެއްގައި ދެ ގައުމުގެ ދެމެދު އަސްކަރީ ގޮތުން މައްސަލަތަކެއް އުފެދިދާނެ ފަދަ އަމަލުތަކާއި ދުރުހެލިވާންޖެހޭ“ ކަމަށެވެ. އަދި އެފަދަ އަމަލުތަކެއް ހިންގައިފިނަމަ ވަރަށް ފަސޭހައިން ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތްކަމަށް އިޝާރާތްކުރައްވާފައިވެއެވެ.

އެމަނިކުފާނު ވަނީ 22 އެޕްރިލްގައި ޕަހަލްގަމް ސަރަހައްދުގައި ދިން ޓެރަރިސްޓު ހަމަލާ ކުށްވެރިކުރައްވާފައެވެ. އެ ހަމަލާގައި އާންމުންގެ 26 މީހަކު މަރުވެފައިވާއިރު، އާންމު ރައްޔިތުންނަށް ހަމަލާތައް އަމާޒުކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިނުގަނެވޭނެ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.

ކަޝްމީރު ސަރަހައްދަކީ ދެ ގައުމުންވެސް އެއްކޮށް އެ ގައުމެއްގެ ބައެއްކަމަށް ދައުވާ ކުރާ ސަރަހައްދެކެވެ. މިހާރު އެ ސަރަހައްދު ބަހާލައިގެން ދެ ގައުމުން ބަލަހައްޓަމުންދާއިރު، ގުޓޭރެޒްވަނީ ދެ ގައުމުގެ ސަރުކާރަށްވެސް މައްސަލަ ފިނިކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށައަޅުއްވާފައެވެ.

އދގެ ސެކެޓްރީ ޖެނެރަލް އިތުރަށް ވިދާޅުވެފައިވަނީ، އަސްކަރީގޮތުން ހައްލެއް ގެނައުމަކީ ހައްލެއްގެ ގޮތުގައި ނުދެކޭކަމަށެވެ. އަދި ”މިވަގުތަކީ އެންމެ ކެތްތެރިވާންވީ ވަގުތުކަމަށާއި އެންމެންވެސް ހަނގުރާމައިގެ ހާލަތާއި ދުރަށް ޖެހުމަށް“ އިލްތިމާސްކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: