ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގައި ޖޭއެސްސީން މައްސަލަ ނިންމިއިރު ތުހުމަތު އޮތީ ބަދަލުވެފައި: ވަކީލު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، ގާނޫނީ ވަކީލު އިބްރާހިމް ޝަމީލްއާއި އެކު: ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރަށް ކުރެވުނު ތުހުމަތުތަކާ ގުޅޭ މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމިޓީން މައްސަލަ ނިންމިއިރު، ތުހުމަތުތައް ވަނީ ބަދަލުވެފައިކަމަށް އެ ފަނޑިޔާރުގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން ޝަމީލް ވިދާޅުވި ގޮތުގައި، ކޮމިޓީގެ ރިޕޯޓު ދެ ފަހަރަށް ހުށަހަޅާފައިވާއިރު، ފެބްރުއަރީ 26 ގައި ފޮނުވި ފުރަތަމަ ނޯޓިސްގައި ބުނެފައިވަނީ ޑރ. އިސްމާއިލް ލަތީފްގެ މައްސަލައިގައި އަޒްމިރަލްދާ އަމިއްލަފުޅަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ގުޅުއްވައި ނުފޫޒު ފޯރުވައިފައިވާ ކަމަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައެއްގެ ގޮތުގައެވެ.

ނަމަވެސް އޭޕްރީލް 16 ގައި ނެރުނު ކޮމިޓީގެ ފަހުގެ ރިޕޯޓުގައި މައްސަލައިގެ ޚުލާސާއެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ގުޅައި، ޑރ. އިސްމާއިލް ލަތީފްގެ ބަންދާ މެދު ވަކި ގޮތެއް ނިންމުމަށް ނުފޫޒު ފޯރުވައިފައިވާ ކަމަށެވެ.

”މި މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އަމަލުކުރައްވާފައި އޮތް ގޮތަކީ ބުއްދީގެ ހުރިހާ ހަމަތަކެއް އެއްކިބާ ކުރައްވާފައި، އެބޭފުޅުން ކުރިއާލައި ގަސްތު ކުރައްވައިގެން ތިއްބެވި ނިންމެވުމެއް މި މައްސަލައިގެ ރިޕޯޓުގައި ގެންނަވާފައި އޮތީ،“ ޝަމީލް ވިދާޅުވިއެވެ.

ޝަމީލް ފާހަގަކުރެއްވި ގޮތުގައި އެންމެ ކަންބޮޑުވާ ކަމަކީ ތުހުމަތު ބަދަލުވެގެން އައިއިރު ފަނޑިޔާރަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމެވެ. އަދި ތުހުމަތު ބަދަލުވި ސަބަބު ޖޭއެސްސީން ބަޔާންކޮށްފައި ނުވާކަންވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޑރ. އިސްމާއިލް ލަތީފްގެ ބަންދާ މެދު ގޮތެއް ނިންމި ދުވަހު އަޒްމިރަލްދާގެ އަމަލުތައް ހުރިގޮތް ސާފުކޮށް އެނގޭނެ ހެކިތައް ހުށަހަޅާފައިވާކަމަށާއި، އަދި ފަނޑިޔާރު ނުފޫޒު ފޯރުވިކަމަށް އެއްވެސް ގާޒީއެއް ވިދާޅުވެފައި ނުވާކަންވެސް ޝަމީލް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: