ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ލައިންގެ ޚިދުމަތް ފެށުމުން މިހާރު ދެމުން ގެންދާ ޓެކްސީ ޚިދުމަތަށް އެއްވެސް ހުރަހެއް ނެތް: އަމީން

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީންއާއި ސުވާލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ތަޢާރަފުކުރަން ނިންމާފައިވާ ޓެކްސީލައިންގެ ޚިދުމަތް ފެށުމުން މިހާރު ދެމުންގެންދާ ޓެކްސީ ޚިދުމަތަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށް މިނިސްޓަރ މުހައްމަދު އަމީން މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ ޓެކްސީލައިނާއި ގުޅޭގޮތުން ސުވާލުކުރުމަށް މިއަދު މަޖިލީހުގެ ތަޅުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ޓެކްސީލައިން ތަޢާރަފުކުރުމުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ އިން ދެމުންގެންދާ ޓެކްސީގެ ޚިދުމަތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެކަމަށެވެ.

މިހާރު ޓެކްސީ ކުރާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި މިހާރެކޭ އެއްގޮތަށް ޓެކްސީ ކުރުމުގެ ޚިދުމަތް ކުރިއަށް ގެންދެވޭނެ.

މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަސްމީ ވަޒީފާ އަދާކުރުމަށްފަހު އިތުރު އާމްދަނީއެއް ހޯދުމުގެ ގޮތުން އެ ފަރާތްތަކަށް މި ފްލީޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

އިތުރު ސުވާލުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ފަރާތްތަކުން، ބޭނުންވާ ގަޑިތަކުގައި ޓެކްސީ ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުން މި ފައްޓާ އީވީ ޓެކްސީ ލައިންގެ ސަބަބުން ނިމުން އަންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: