ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތައުލީމީ މާބޮޑު ޝަރުތެއް ނެތި، ބޮޑު މުސާރައަކަށް ދިވެހިބަހުގެ މިނިސްޓްރީއަށް ވިލަރެސްވެރިއަކު ހޯދާތީ އަޒާންގެ ކަންބޮޑުވުން!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެތައް މަސްތަކެއް ވަންދެން ދިރާސާތައް ހަދާއިގެން ދިވެހި ބަހާއި ސަގާފަތާއި ބެހޭ ވުޒާރާއިން ނެރުނު ނަތީޖާއަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިފަދައިން ވިދާޅުވީ، ދިވެހި ބަހާއި ސަގާފަތާއި ބެހޭ ވުޒާރާއިން ދާދިފަހުން ވިލަރެސްވެރިކަމުގެ މަގާމަށް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރި އިއުލާނުގެ ސްކްރީންޝޮޓެއް ހިއްސާކޮށް ކުރި ޕޯސްޓެއްގަ އެވެ.

30،000 ރުފިޔާގެ މުސާރައާއި އެކު ވިލަރެސްވެރިއަކު ހޯދުމަށް މިނިސްޓްރީން ކުރި އިއުލާނުގައި ތައުލީމީ ޝަރުތަކަށް ހިމަނާފައި ވަނީ އޭލެވެލްގައު ދިވެހިން ދަށްވެގެން ސީ ީފާސް، އަދި އަދި އޯލެވެލްގައި މަދުވެގެން ދެ ޑީ ފާސް އެވެ.

އަޒާން ވިދާޅުވި ގޮތުގައި ގައުމުގެ އެންމެ ބޮޑު މައިބަދަ ސިވިލްސާވަންޓުންނާއި، ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައާއި އަޅާބަލާއިރު އެތައް މިންވަރެއް ކުޑަ އަދަދެކެވެ. އަދި އެ މީހުންނަށް އެހާ ދަށް މުސާރައެއް ލިބުމަކީ ހައްގު މިންވަރުތޯ ސުވާލު ކުރެއްވިއެވެ.

2025 ވަނަ އަހަރު ފެށިގެން މި އަހަރުގެ މެދުތެރެއަށް ޖެހެމުންދާއިރު، ދިވެހިރާއްޖޭގައި ޑޮކްޓަރުންނާއި ނަރުުހުންނާއި އިންޖިނިއަރުންގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ އުޖޫރަ ކުޑަވުމުގެ ކަންބޮޑުވުންތައް އަދިވެސް އެބައޮތެވެ.

2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިވިލް ސާވިސްއާއި ޝަރުއީ ދާއިރާގެ މުވައްޒަފުންްގެ މުސާރަ އިސްލާހުކުރުމަށް ސަރުކާރުން 500 މިލިއަން ރުފިޔާވަނީ ކަނޑައަޅައިފައެވެ. އަދި ސިއްހީ ދާއިރާގެ މަސައްކަތްތެރިނާއި އިންޖިނިއަރުންގެ ފަދަ އެހެނިހެން ޕްރޮފެޝަނަލް ވަޒީފާތަކުގެ އުޖޫރައަށް ބަދަލު 2026 ވަނަ އަހަރު ގެންނަން ސަރުކާރުން ވަނީ ހަމަޖައްސައިފައިކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: