ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތުގެ އެންސީއޭއާއި ކަސްޓަމްސްއިން ބައްދަލުވުމެއް ބާއްވައިފި

އެންސީއޭއާއި ކަސްޓަމްސްއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުގެ ނޭޝަނަލް ކްރައިމް އޭޖެންސީ (އެންސީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ދެމެދު ޕާޓްނަރޝިޕެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ކަސްޓަމްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކަސްޓަމްސް ޖެނެރަލް ފާތިމަތު ދިޔާނާއާއި އެ އިދާރާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އަދި އެންސީއޭގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އެ އޭޖެންސީގެ ރީޖަނަލް މެނޭޖަރ މިސްޓަރ މާކް ބްރުކްގެ އިތުރުން އިންޓަނޭޝަނަލް ލިއައިސަން އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރައްވާ މިސްޓަރ ޕީޓަރ ވާރނޮންއާއި މިސިސް ހެނާ ނިކޯލް ރިޑްލީއެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ގާނޫނު ތަންފީޒުކުރުމާއި މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކެޕޭސިޓީ ބިލްޑިންގ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެ އިދާރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށެވެ.

އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އޭޖެންސީއަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި މަކަރާއި ހީލަތް އަދި އޯގަނައިޒްޑް ކްރައިމް ފަދަ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރާ އިދާރާއެކެވެ. މީގެ އިތުރުން ސްމަގްލިންގ ވިއުގަތަކާ ގުޅޭ ޖާސޫސީ މައުލޫމާތު ހޯދުމުގެ ގާބިލުކަން ލިބިފައިވާ އިދާރާއެއްވެސް މެއެވެ.

އެންސީއޭއާއެކު އެއްބާރުލުން ހަރުދަނާކުރުމަކީ ކަސްޓަމްސްއިން ދިވެހިރާއްޖޭގެ ތަންފީޒީ އިދާރާއެއްގެ ހައިސިއްޔަތުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށް، އެ އިދާރާގެ ގާބިލުކަން އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: