ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހެންވޭރު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ ---- ސަން ފޮޓޯ/ މޫސާ ނަދީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެންވޭރުގައި ހުންނަ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. މަރުވެފައި އޮތް މީހާއަކީ 46 އަހަރުގެ އަބްދުﷲ މުފީދު ކަމަށް ފުލުހުން ވަނީ ދެނެގަނެފައެވެ.

ފުލުހުން މީޑިއާއަށް ދީފައިވާ މައުލޫމާތުގައިވާ ގޮތުން، މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވަނީ ގ. ލަންކާ ކިޔާ ގޭގެ ހަތަރުވަނަ ފަންގިފިލާގެ ފާހާނާއިންނެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުލުހުންގެ ޓީމެއް މިވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ހަރަކާތްތެރިވާން ފަށާފައިވެއެވެ. މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، އެ ގެ ހުންނަ ސަރަހައްދުން ކުނިވަސް ދުވާތާ ހަތަރު ވަރަކަށް ދުވަސްވުމުން، އެކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އެތަނަށް ވަދެ ބެލިބެލުމުން މަރުވެފައި އޮތް ހަށިގަނޑު ފެނިފައިވަނީ.

ފާހަގަކޮށްލެވޭ ކަމަކީ، ފަހަކަށް އައިސް މާލޭގައި ގޮތް ނޭނގޭ މަރުތަކާއި މަރުވެފައި އޮއްވާ މީހުން ފެނުމުގެ މައްސަލަތައް އިތުރުވެފައިވާކަމެވެ. މިގޮތުން މިދިޔަ ހަފުތާގައި ވެސް މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: