ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސް ލިބުމުގެ ދައްޗަށް ހައްލެއް ހޯދުމަށް، އެސްޓީއޯއާއި އިންޑިއާގެ މެޑިކަލް ކުންފުނިއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އަސާސީ ބޭސް ލިބުމުގެ ޝޯޓޭޖަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އިންޑިއާގެ ސަރުކާރު ހިއްސާވާ ކުންފުނި، ހިންދުސްތާން ލޭޓެކްސް ލިމިޓެޑް (އެޗްއެލްއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ކެރެލާ ތިރުވަންތަޕޫރަމްގައި ގާއިމުވެފައިވާ އެޗްއެލްއެލްއަކީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ބެލުމުގެ ދަށުން ހިންގާ، ހެލްތްކެއަރ ޕްރޮޑަކްޓްތައް އުފައްދާ ކުންފުންޏެކެވެ. އެސްޓީއޯއިން މަޢުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ ޖަނައުޝަދީ ސްކީމުގެ ތެރެއިން ދިވެހިރާއްޖެއަށް ބޭނުންވާ މުހިންމު އަދި ފެންވަރު ރަނގަޅު ބޭސްތަކުގެ ސަޕްލައި ލިބިގެންދާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށަކަށް މެދުނުކެނޑި ބޭހުގެ ސަޕްލައި ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމާއެކު، ފޯރާފަށުގެ އަގުގައި ޖެނެރިކް ބޭސްތައް ލިބިގެންދާނެކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. މިއީ ފާއިތުވި އަހަރުތަކުގައި ދިވެހިރާއްޖެ ތަހައްމަލުކުރަމުންދިޔަ ބޭސް ލިބުމުގެ ދަތިކަމާއި ބޭހުގެ ކުއަލިޓީ ދަށްވުމުގެ މައްސަލައަށް ލިބިގެންދާނެ ބޮޑު ހައްލެކެވެ.

މި މައްސަލަތައް ދިމާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހެލްތު އިންޝުއަރެންސް ސްކީމުން ދައްކަންޖެހޭ ފައިސާ ލަސްވުމާއި، ރެގިއުލޭޓަރީ ގޮންޖެހުންތަކާއި، ރާއްޖޭގައި ބޭހަށް އޮތް މާކެޓުގެ ސައިޒު ކުޑަވުމުގެ ސަބަބުން ބަލްކުކޮށް ބޭސް ގަތުމުގެ މަސައްކަތްތައް ކުރުމަށް ދަތިވުން ހިމެނެއެވެ.

މިހާރުގެ ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައިވެއެވެ. އެގޮތުން، އެސްޓީއޯ، އާސަންދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، މޯލްޑިވްސް ޑޮކްޓަރސް ޔޫނިއަން އަދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ މަންދޫބުން ހިމެނޭ ޖޮއިންޓް ކޮމިޓީއެއް އުފައްދައި، އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސް ލިބޭނެ ގޮތުގެ މަޢުލޫމާތު ޑޮކްޓަރުންނަށް ވަގުތުން ފޯރުކޮށްދިނުމަށް އޮންލައިން ޕްލެޓްފޯމެއް ވަނީ ތަޢާރަފުކޮށްފައެވެ.

މި އެއްބަސްވުމާއި ސަރުކާރުން އަޅަމުންދާ އެހެނިހެން ފިޔަވަޅުތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ހައްލެއް ލިބި، ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މިންގަނޑުތަކަށް ފެތޭ، ފެންވަރު ރަނގަޅު ބޭހުގެ ސަޕްލައި ލިބިގެންދާނެކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: