ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭތުވެދިޔަ 19 އަހަރު މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުނުވީވެސް ރައީސް މުއިއްޒުގެ ސަބަބުންތަ؟: މުފީދް

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނުކުރެވި ހުރީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަބަބުންތޯ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ސުވާލުކުރައްވައިފިއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު މުފީދް ވިދާޅުވީ، އެކަމަށް ހައްލެއް ގެނައުމާއި އުފެދިގެން އަންނަ އިތުރު މައްސަލަތަކަށް ހައްލުތަކެއް ގެނައުމުގެ ގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަަތަކީ ދިރިއުޅެމުންދާ ފަރާތްތަކުގެ މައުލޫމާތު ދެނެގަނެވޭނެ ފަދަ ބަޔޯމެޓްރިކް ނިޒާމެއް ގާއިމުކުރުންކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންދަނީ އެ މަސައްކަތްތައް ކުރަމުންކަމަށާއި ރާއްޖޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގައި ހުރި ދަތިތައް ދެނެގަނެވޭނީ އެފަދަ މަސައްކަތްތަކެއް މެދުވެރިކޮށްކަމަށް ހިއްސާކުރެއްވިއެވެ. ނަމަވެސް އެމްޑީޕީއަކީ އެފަދަ އެއްވެސް މަސައްކަތްތަކެއް ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއް ނޫންކަމަށާއި އެހެންކަމުން އެޕާޓީގެ ފަރާތުން މި ސަރުކާރުގެ މަސައްކަތްތަކަށް ފާޑުކިޔުންތައް އަމާޒުވެގެންދިއުން އެކަށީގެންވާކަމަށް ފާހަގަކުރެއްވިއެވެ.

މުފީދް ވިދާޅުވީ، ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަމުންދާތާ 19 އަހަރު ވެފައިވާއިރު މިއަދުގެ ސަރުކާރުންދަނީ މަސައްކަތްތެރިންގެ ހައްގުތައް ވަރަށް ރަނގަޅަށް ކަށަވަރުކޮށްދެއްވަމުންކަމަށެވެ. އަދި މިފަހުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރޭގައި ސަރުކާރަށް މަސައްކަތްތަކެއް ކުރެވިފައިނުވާކަމުގެ ކަންބޮޑުވުންތަކުގެ އަޑުއުފުލާފައިވާއިރު އެ މައްސަލަތައް އުފަންވެގެން އައިސްފައިވަނީ މި ދޮޅު އަހަރު ދުވަހުގެ ތެރޭގައިތޯ ސުވާލު އުފައްދާލުން މުހިންމުކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގައި މޭޑޭ ގެ ގޮތުގައި ހަރަކާތްތައް ކުރިއަށް ގެންދާތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު ވޭތުވެދިޔަ ސަރުކާރުތަކުން ކަށަވަރުކޮށްދީފައިވާ ކަންކަމަކީ ކޮބައިތޯ ބަލާލުންވެސް މުހިންމުކަމަށެވެ. ބޭރު ފައިސާއިން އާމްދަނީ ލިބެމުން އައި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންނަށް މިއަދު ދިވެހި ފައިސާއިން އާމްދަނީ ލިބެމުންދާކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުންދާކަމުގެ މައްޗަށް އަލިއަޅުއްވައި މެމްބަރު ވިދާޅުވީ، ސްޓާފުންނަށް މުސާރަ ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެތަނެއްގެ މެނޭޖުމެންޓުން ގެންގުޅޭ އުސޫލުތަކާއި ކަންކަން ތަރުތީބުކުރެވިފައިވާ ގޮތެއްގެ މަތިންކަމަށެވެ.

މުފީދު ވިދާޅުވީ، ސަރުކާރުން އެކަމަށް ނުފޫޒުތަކެއް ފޯރުވައިގެން މަޖުބޫރީ ހާލަތެއް މެދުވެރިކޮށްފައިކާމަަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އަދި އަމަލުކުރަންޖެހޭ ގަވައިދުތަކެއް ފަތުރުވެރިކަމުގެ ވުޒާރާއިން އެކުލަވާލާފައިވާއިރު ކުންފުނިތަކުން އަމަލުކުރާނީ އެ ހުދޫދުގެ ތެރެއިން ލިބިފައިވާ ފުރުސަތުތަކަށް ބަލައިގެންކަމަށެވެ. އަދި އެމްޑީޕީއިން އަބަދުވެސް އެކި ވާހަކަތައް ދައްކަމުންދާއިރު ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި ނުވެތިބި ކަންކަން ނުވެހުރީ ރައީސް ޑރ މުއިއްޒުގެ ސަބަބުންތޯ ސުވާލުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: