ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ 930 މައްސަލަ މިދިޔަ އަހަރު ހުށަހެޅިއްޖެ

ކުޑަކުދިންނަށް ކުރާ އަނިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން މިދިޔަ އަހަރު ޖުމްލަ 930 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އިޖުތިމާއީ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ޝިޔާނާ އަދި ސޯޝަލް ސަރވިސް ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި އެންމެ ގިނައިން ހުށަހެޅެނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. މިގޮތުން މިދިޔަ އަހަރު 255 މައްސަލަ ހުށަހެޅިފައިވެއެވެ. ދެވަނައަށް އެންމެ ގިނައީ އިހުމާލުގެ 250 މައްސަލައެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ 238 މައްސަލައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ޖިންސީ އަނިޔާގެ މައްސަލަތަކުގައި އަނިޔާގެ ޝިކާރައަކަށްވާ ކުދިންގެ ތެރެއިން 71 އިންސައްތައަކީ އަންހެން ކުދިންނެވެ. އަދި 29 އިންސައްތައަކީ ފިރިހެން ކުދިންނެވެ. ނަމަވެސް ޖިސްމާނީ އަނިޔާގެ މައްސަލަތަކުގައި 61 އިންސައްތައަކީ ފިރިހެން ކުދިންނެވެ. އަދި 39 އިންސައްތައަކީ އަންހެން ކުދިންނެވެ.

އަނިޔާ ލިބޭ ކުދިންގެ ކިބައިން ފެންނަ އަލާމާތްތައް

ކުޑަކުއްޖަކަށް އަނިޔާއެއް ލިބިފައިވާކަން ދެނެގަތުމަށް ބަލަންވީ މުހިންމު ކަންތައްތަކުގެ ތެރޭގައި، ކުއްޖާގެ އުޅުމަށް އަންނަ ބަދަލުތަކާއި، ކިޔެވުމަށް އަންނަ ބަދަލުތަކާއި، އަނިޔާގެ ނިޝާންތައް ހިމެނެއެވެ. ”ޖިންސީ އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ކިބައިން ނިދުމުގެ މައްސަލަތަކާއި، ބިރުވެރި ހުވަފެން ފެނުމާއި، ތަންމައްޗަށް ކުޑަކަމުދިއުން ފަދا އަލާމާތްތައް ފެނިދާނެ،“ ކަމަށް ބައްރަ ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ވީހާވެސް އަވަހަކަށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެފަދަ ކަމެއް ހިއްސާކުރަން ބޭނުންވާ ކުދިންނަށް އެކަމުގެ ފުރުސަތު ދިނުމަށްވެސް އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: