ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ ހޮސްޕިޓަލްގައި ކެތު ލެބްގެ ހިދުމަތް ފެށޭނެ ދުވަހެއް ސާފުކޮށްދޭން އަޒާން އެދިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހިތުގެ ބަލިތައް ކަންބޮޑުވާ މިންވަރަށް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި، އެ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކެތު ލެބްގެ ހިދުމަތް ފެށޭނެ ދުވަހެއް ސާފުކޮށްދިނުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމާ ސުވާލުކުރައްވައިފިއެވެ.

މަޖިލީހަށް ހުށަހެޅުއްވި ސުވާލުގައި އަޒާން އެދިވަޑައިގެންފައިވަނީ، އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ ކެތު ލެބްގެ ހިދުމަތް ދިނުން ނުފެށި ލަސްވަމުންދާ ސަބަބާއި، އެ ހިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ތާރީހެއް ސާފުކޮށްދެއްވުމަށެވެ.

”ފާއިތުވި ތިން އަހަރު ވެސް ހާޓް އެޓޭކާއި އެ ނޫން ވެސް ހިތުގެ މައްސަލަތައް ކުރިމަތިވި ގިނަ ބަޔަކަށް އައްޑޫއިން ދެވުނު ފަރުވާއެއް ނެތް،“ އަޒާން ވިދާޅުވިއެވެ.

އިތުރު ފަރުވާއަށް މާލެއަށް ދާން މަޖުބޫރުވާ ކަމަށާއި، ހިތުގެ މައްސަލަތަކަށް އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ މުހިއްމު ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ އައްޑޫގައި، އެންމެ އަސާސީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން އަޅާނެ ފިޔަވަޅުތަކާ މެދު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: