ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަނީ

ސޯޝަލް މީޑިއާގައި އާންމުވެގެންދިޔަ ވީޑިއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުންނަ ފިސިއޯ އަދި އޯޓިޒަމް ކްލިނިކެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަނީ އެ ކްލިނިކުގެ މުވައްޒަފެއް ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރާ މަންޒަރެވެ. އެ ވީޑިއޯގައި ފެންނަ ގޮތުގައި، ކަތުރެއް ކަމަށް ބެލެވޭ ތޫނު އެއްޗެއް ބޭނުންކޮށްގެން އެ ކުޑަކުއްޖާއަށް އަނިޔާކުރާ މަންޒަރުވެސް ހިމެނެއެވެ.

ފުލުހުން މީޑިއާއަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކެއްގައި ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

މިފަދަ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭއިރު، މި އަހަރުގެ ޖަނަވަރީ މަހު މާލޭ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވާ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ދިން މައްސަލައެއްވެސް ވަނީ ފުލުހުންނަށް ހުށަހެޅިފައެވެ. އެ މައްސަލައިގައި ތުހުމަތުކުރެވުނު ފަރާތް ކޯޓަށް ހާޒިރުކުރުމަށްފަހު، ވަކި ޝަރުތުތަކަކާއެކު ވަނީ ދޫކޮށްލާފައެވެ.

މިހާރު ހުޅުމާލޭގައި ހިނގި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާއިރު، މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހާމަކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: