ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ކޮންގްރެސް ބާއްވަން ރަނގަޅީ އައު ގައުމީ މަޖިލީހެއް ހޮވައި، ކައުންސިލް އިންތިހާބަށް ވެސް ފަހު: ސަނީފް

ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ އޮގަސްޓު މަހު އެމްޑީޕީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އައު ގައުމީ މަޖިލީސް ހޮއްވައި، ކައުންސިލް އިންތިހާބަށް ފަހު ބައްދަލުވުން ބޭއްވުންކަމަށް ރައްޔިތުން މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތަކެއް އަނެއްކާވެސް އުފެދިފައިވާކަމަށް އަޑުފެތުރިފައި ވަނިކޮށް، ދާދިފަހުން ބޭއްވި ގައުމީ މަޖިލިސް ބައްދަލުވުމެއްގައި އެކްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ވަނީ ފާސްކޮށްފަ އެވެ. އެގޮތުން އަންނަ އޮގަސްޓު މަހުގެ 12 ގެ ކުރިން ބައްދަލުވުން ބޭއްވުމަށް ނިންމި އިރު ރިޔާސީ ޓިކެޓުގެ ވާދަވެރިކަމެއް އޮތީ އުފެދިފަ އެވެ.

މި މައްސަލަތަކުގެ ސަބަބުން އަނެއްކާވެސް ބައިބައިވުން އުފެދި، ޕާޓީއަށް އިތުރު ނިކަމެތިކަމެއް ދިމާވެދާނެތޯ ސުވާލު ކުރުމުން ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ސަނީފް ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގެ ނިންމުންތަކަށް ވަސީލުވުމުގެ ގޮތުން މިހާ އަވަސް ކޮންގްރެސް ބޭއްވުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. ޕާޓީގެ މުސްތަގުބަލާއި، ކައުންސިލް އިންތިހާބާއި މެދު ގޮތެއް ނިންމައި މަސައްކަތް ކުރުމުގެ ކުރިޔަށް އެހެން ނިޔަތެއްގައި ކޮންގްރެސް ބޭއްވުން އޭނާގެ ވިސްނުމުގައި ގަބޫލު ނުކުރާކަމަށް ސަނީފް ވިދާޅުވި އެވެ.

މިހާރު ގައުމީ މަޖިލީހުގައި ތިއްބެވި މެމްބަރުންނަކީ އަށް މަސް ދުވަހުގެ ތެރޭގައި ނުވަތަ އަހަރެއް ވެސް ނުވަނީސް ދައުރު ހަމަވާން ތިބި މެމްބަރުންކަމަށް ފާހަގަކޮށް ސަނީފް ވިދާޅުވީ އެ މެމްބަރުންގެ އަތް މައްޗަށް އިންތިހާބާއި މެދު ގޮތެއް ނިންމަން ދޫކޮށްގެން ނުވާނެކަމަށެވެ.

އެހެންވެ ސަނީފް ވިދާޅުވީ އަލަށް ގައުމީ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ، ޕާޓީގެ ކުރިމަގާއި މެދު ގޮތް ނިންމުމެވެ.

ހަގީގަތުގައި އިދިކޮޅުގައި އޮންނައިރު ޕާޓީ ވަރަށް ނިކަމެތިކޮށް އޮންނަނީ.. އެއީ ހުރިހާކަމަކަށް މި ނިޒާމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެހެންވެގެން.. ޕާޓީތަކާއި އެކު މިނިވަން މުވައްސަސާއި އެކު އަމަލު ކުރާގޮތް.. އެއާއި އެކު ކޮންގްރެސް ބާއްވަން އަޅުގަނޑުގެ އަމިއްލަ ރައުޔަކީ އަޅުގަނޑު ތާއީދެއް ނުކުރަމޭ..

ސަނީފް ވިދާޅުވި ގޮތުގައި މިއީ އެއްގޮތަކަށް އޭނާ ވަކި އަތަކަށް ބުރަވެ ހުރެ ދައްކާ ވާހަކައެއް ނޫނެވެ. ސަނީފް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިހާބު ވެސް ނިންމުމަށް ފަހު ކޮންގްރެސް ބޭއްވުމެވެ.

މީގެއިތުރުން ސަނީފް ވިދާޅުވީ އެމްޑީޕީއަށް ބޭނުންވަނީ ރަނގަޅު ގޮތްކަމަށާއި، އެންމެ ދުވަސްވީ ޒަމާންވީ ޕާޓީގެ ގޮތުގައި މިއަދު ވެސް އެތައް ރައްޔިތެއްގެ ތާއީދު އެބައޮތްކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާނަމަ އޭނާގެ ދެކޮޅު ހެދުމެއް ނެތްކަމަށް ވިދާޅުވި އެވެ.

ސަނީފް ވިދާޅުވީ އެމްޑީޕީގެ ތެރޭގެ ހިޔާލުތަފާތުވުންތަކުގައި އޭނާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް އެންމެ ބޮޑަށް ފާޑުވިދާޅުވި މެމްބަރުކަމަށެވެ. އަދި އެމަނިކުފާނާއި މެދު ހިތުގައި އެއްވެސް ނަފްރަތެއް ރުޅިވެރިކަމެއް ނެތްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: