ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ނައުމަށް ސިންގަޕޫރުގެ ސަރުކާރުން އެއްވެސް ޓްރެވެލް އެޑްވައިޒެރީއެއް ނެރެފައި ނުވޭ: ފޮރިން

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލާކްރިޝްނާން:
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި ސިންގަޕޫރުގެ ސަރުކާރުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައިވާކަމަށް ބުނެ ދައުރު ކުރަމުން ދަނީ ސައްހަ ރިޕޯޓެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން އާންމު ކުރި ބަޔާނުގައި ބުނީ ޒަރޫރީ ބޭނުމެއްގައި މެނުވީ ދިވެހިރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް އަންގައި ޓްރެވެލް އެޑްވައިޒެރީއެއް ނެރެފައި ނުވާކަމަށެވެ. އަދި އެފަދަ އެންގުމެއް ރައްޔިތުންނަށް އަންގާފައިވާކަމަށް ބުނެ ރާއްޖޭގެ މީޑިއާތަކުގައި ކުރާ ރިޕޯޓުތަކުގައި ސައްހަކަމެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއާއި ގުޅޭގޮތުން އެފަދަ އިލްތިމާސެއް ސިންގަޕޫރުގެ ސަރުކާރުން މިފަހުގެ ތާރީހެއްގައި ވެސް ނެރެފައި ނުވާކަމަށެވެ.

ސޯޝަލް މީޑިއައި އެ ގައުމުގެ ސަމާލުކަމަށް ބުނެ ދައުރު ކުރަމުން ދާ، ފޮޓޯއަކީ މިފަހުގެ އިލްތިމާސެއް ނޫންކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ވަނީ ރާއްޖެއާއި ގާތް ގުޅުން އޮންނަ ގައުމުތަކާއި ގުޅޭގޮތުން މިފަަދަ ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުން އޭގެ ސަބަބުން ދިވެހި ރައްޔިތުންނާއި އިގްތިސާދަށް އޭގެ އަސަރު ކުރާނެކަން ފާހަގަކޮށް ސަމާލުވުމަށް އެދިފަ އެވެ.

މިނިސްޓްރީން ބުނީ ހުރިހާ ފަރާތްތަކުންވެސް، ހަބަރުތައް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، ހާއްސަގޮތެއްގައި އެކުވެރި ގައުމުތަކާއި ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: