ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް އެކްސްޕޯ 2025: ތަކެތި ބަލައިގަންނަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ވާދަކުރުމުގެ ބައިން ހުށައަޅާފައިވާ ތަކެތި ބަލައިގަންނަން ފަށައިފިއެވެ.

މިމަހު 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަޢުރަޒުގައި މައިގަނޑު 15 ދާއިރާއަކުން 83 ގިންތިން ތަކެތި ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މައުރަޒަށް ތަކެތި ބަލައިގަތުމުގެ ފުރަތަމަ މަރުހަލާގައި އަތްތެރި މަސައްކަތާއި އެހެނިހެން ބައިތަކުގެ އުފެއްދުންތައް ބަލައިގަންނަނީ މި މަހު 10 ވަނަ ދުވަހުން 13 ވަނަ ދުވަހާ ހަމައަށެވެ. 14 ވަނަ ދުވަހުން 15 ވަނަ ދުވަހަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެފެއްދުންތައް ބަލައި ގަންނައިރު 15 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށް ބަލައިގަންނަނީ ޓެކްނޮލޮޖީ އުފެއްދުންތަކާއި ކާބޯތަކެތީގެ އުފެއްދުންތަކެވެ. މި ތަކެތި ބަލައިގަންނަމުންދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ހުޅުމާލޭ ސެންޓަރަލް ޕާކުގައި ޖަހާފައިވާ ބޮޑު ޓެންޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މައުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: