ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ގިނަ ފަންނާނުންނާއިއެކު ޓޫއޮފްއަސްގެ ބޮޑު ޝޯއެއް މިމަހު 23 ގައި!

ފިއުޝަން ރޮކް ބޭންޑް ޓޫއޮފްއަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާގެ ރިއެލިޓީ ޝޯ ”ބެޓަލް އޮފް ބޭންޑްސް – އިންޓަނޭޝަނަލް“ ގައި ވާދަކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިއުޝަން ރޮކް ބޭންޑް ޓޫއޮފްއަސް އިން މިމަހު 23 ގައި އޮލިމްޕަސް ސްޓޭޖްގައި ބޮޑު ކޮންސާޓެއް ބާއްވަން ނިންމައިފިއެވެ.

މި ހޯމްކަމިންގ ކޮންސާޓަކީ ބެޓަލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް 2025 ގައި 2 ވަނަ ރަނަރަޕްގެ މަޤާމު ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ކޮންސަޓެކެވެ. މި ކޮންސާޓުގެ ހޯސްޓަކަށް ހަމަޖެހިފައިވަނީ އިންޑިއާގެ މަޝްހޫރު އެންޓަޓެއިނަރ ކެތަން ސިންގ އެވެ.

އޮލިމްޕަސްގައި ބާއްވާ މި ކޮންސާޓުގައި ބޮލީވުޑްގެ އަދި ބެޓަލް އޮފް ބޭންޑްސްގެ ޖަޖުން ކަމަށްވާ ޝްރައްދާ ފަންޑިތު، ޝްރޫތީ ޕާޓަކް އަދި ރާޖާ ހަސަން ބައިވެރި ވުމަށް ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން އިންޑިއާގެ ބޭންޑް ޝިވޯހަމް، ދިވެހި އާޓިސްޓުންގެ ތެރެއިން ބޮކިޓޯޒް އަދި މަމްދޫހު (ހަރުބީ މަންޑޭ) ވެސް ބައިވެރިވާނެއެވެ.

7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓޫއޮފްއަސް އަކީ ފިއުޝަން ރޮކް، ވޯލްޑް މިއުޒިކް، އަދި ރަށްވެހިކަމުގެ ވަންތަކަން އެއްކޮށްލާ ދިވެހި ބޭންޑެކެވެ. އަދި ދާދި ފަހުން ޓޫއޮފްއަސްއިން ހޯދި ކާމިޔާބީ އަކީ ރާއްޖޭގެ މިއުޒިކްގެ ދާއިރާގައި ހޯދި ތާރީހީ ބޮޑު ކާމިޔާބީ އެކެވެ.

މި ކޮންސަޓުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ އާންމު ވަނުމާއި، ކުރީ ސަފުގެ ޕްރީމިއަމް، އަދި ވީ.އައި.ޕީ (ބައްދަލުކުރުމާއި މަރުޙަބާ ކިޔުން ހިމެނޭ) އެވެ. މި ކޮންސާޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު، އޮލިމްޕަހުގައި، ރޭގަނޑު 20:00 ފެށިގެން 00:00 ހަމައަށެވެ. މި  ކޮންސާޓުގައި ޖުމްލަ 435 މީހުންނަށް ބައިވެރިވެވޭނެއެވެ.

މި ކޮންސާޓުގެ ޓިކެޓާއި ގުޅޭ އިތުރު މައުލޫމާތުތައް ޓޫއޮފްއަސްގެ ސޯޝަލް މީޑިއާގެ ޕޭޖުން ވަރަށް އަވަހަށް ިއުލާނު ކުރާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: