ސުޕްރީމް ކޯޓުގެ ފަނޑިިޔާރުންނަށް ނުފޫޒު ފޯރުވާފައިނުވާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވީ މިރޭ ކުރިއަށް ގެންދިޔަ އަހާ ފޯރަމްގައެވެ.
އުޝަމް ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާކަމަށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ އެއީ ސިޔާސީ ބޭފުޅެއްވީމަކަމަށެވެ.
އުޝާމް ވިދާޅުވީ ހަގީގަތުގައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވަނީ ސުއޫދުކަމަށާއި، ސުއޫދާއި ބައްދަލުވީ ފަހަރުތަކުގައި އާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ދަންނަވައިގެންވެސް ސުއޫދު ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމަށެވެ.
ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ.
އުޝާމް ވިދާޅުވިއެވެ.
ޖުޑީޝަރީ އަދި ފަނޑިޔާރުންނަށްވެސް ނުފޫޒު ފޯރުވަނީ ސުއޫދުކަމަށް އުޝާމް ވިދާޅުވިއެވެ. މިއީ ޖަވާބުދާރީވެވޭނެ ވާހަކަތަކެއްކަމަށް އުޝާމް ވިދާޅުވީ ޔަގީންކަމާއިއެކުއެވެ.
ސުއޫދު އިސްތިއުފާ ދެއްވީ ސަސްޕެންޝަނުގައި ހުންވަނިކޮށެވެ. އެނާ އިސްތިއުފާ ދެއްވީ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރައްވައެވެ.
ފަނޑިޔާރު ސުއޫދުގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ގޮނޑިގެއްލޭ އިސްލާޙުގެ މައްސަލައަކީ ސުޕްރީމް ކޯޓުގައި ބެލޭނެ މައްސަލައެއްކަމަށް ނިންމުމާއެކު، މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ހުއްޓުވާލުމަށް މަސައްކަތް ކޮށްފައިވެއެވެ.

