ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަ އާބާދީއެއް އޮތް ރަށްތަކަށް، 5 ކައުންސިލް މެމްބަރުން ބޭނުމެއް ނުވާނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށުގެ އާބާދީގައި 1000 ރައްޔިތުން ހަމަނުވާނަމަ ކައުންސިލް މެމްބަރުންގެ ގޮތުގައި 7 މެމްބަރުން ނުވަތަ 05 މެމްބަރުން ތިބެން ޖެހޭ ސަބަބެއް ނެތްކަމަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ގޮނޑިއެއް ހުސްވުމަށް ފަހު ދައުރު ހަމަވާން ބާކީ އޮތީ ދޮޅު އަހަރު ނަމަ އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. މުއްދަތުތަކަށް ބަދަލު ގެނެސް މިއީ ތިން ވަނަ ފަހަރަށް ހުށަހަޅާ އިސްލާހުކަމަށްވުމާއި އެކު، އަމީން ވަނީ އިހުލާސްތެރިކަމާއި މެދު ސުވާލު ކުރައްވާފަ އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އެވެ. މިއީ މި ގާނޫނަށް މިފަދަ އިސްލާހެއް ހުށަހެޅި ދެވަނަ ފަހަރެވެ.

ބިލުގެ ބަހުސް މަރުހަލާގައި ފަލާހު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި މެދު ވިސްނައި، ކަންބޮޑުވެ އެއްވެސް ހައްލެއް ގެނައުމަށް މަސައްކަތް ކުރި ބައެއް ނޫންކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް ވެރިކަމެއްގައި ރާއްޖެއަށް އާމްދަނީއެއް ލިބޭނެ އެއްވެސް މަގެއް ފަހި ކުރުމަށްޓަކައި، ކުރި މަސައްކަތްތެއް ނެތްއިރު އަބަދުވެސް ވިސްނުމުގައި ގެންގުޅެފައި ވަނީ ހަރަދު ބޮޑު ސިޔާސަތެއް ގެނައުމަށްކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ 18 ވަނަ މަޖިލީހުގައި ކައުންސިލްތަކުގެ މެމްބަރުންގެ އަދަދާއި ގުޅޭގޮތުން އިސްލާހެއް ގެނެސްފައި ވަނިކޮށް، މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުދި އާބާދީތަކުގައި ތިބޭނެ ކައުންސިލް މެމްބަރުންގެ އަދަދު ވެސް އިތުރު ކުރިކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އާބާދީގައި ހާހެއްހާ މީހުން ދިރުއުޅޭ ރަށްތަކަށް ނުވަތަ އާބާދީ 500 އަށް ވެސް ނާރާ ރަށްތަކުގައި 05 ކައުންސިލް މެމްބަރުން ތިބުމުގެ ބޭނުމެއް ނެތްކަމަށެވެ.

ފަލާހު ވިދާޅުވީ އޭގެ ސަބަބަކީ ރަށުގެ އޮފީހުގެ މަސައްކަތްތައް ނިންމަނީ ކައުންސިލުން ނޫންކަމަށާއި އެކަމުގައި އުޅޭނެ މުވައްޒަފުން ތިބޭނެ ކަމަށެވެ.

މަޖިލީހަށް މިހާރު ލާފައިވާ އިސްލާހުތަކާއި، ގާނޫނުތަކަކީ ރައްޔިތުންނަށް ލާބަހުރި އިސްލާހުތަކެއް..

ފަލާހު ވިދާޅުވީ ރަށުގެ ކަންކަމުގައި ގޮތް ނިންމަން ތިން މެމްބަރުންގެ ކައުންސިލެއް އޮތުމުގައި މައްސަލައެއް ނެތްކަމަށެވެ. އަދި އެއީ އެކަށީގެންވާ އަދަދެއްކަމަށް ފާހަގަކޮށް ވިދާޅުވީ ގިނަ މެމްބަރުން ތިބޭ ކައުންސިލް ދާއިރާއެއްގައި ގޮނޑިއެއް ހުސްވާއިރު އިންތިހާބު ބާއްވަން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ފަލާހު ވިދާޅުވީ މަދު ބަޔަކަށް ވޯޓުލާން ނިކުންނަ އެ އިންތިހާބަކަށް ލައްކައިން ހަރަދު ކުރަން ޖެހުމެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދާތީ އެކަމަށް ހައްލު ގެނައުމަށެވެ. އެގޮތުން ކައިރިކައިރީގައި ބޮޑެތި ހަރަދުތައްކޮށް ބައި އިލެކްޝަން ބާއްވަން ޖެހޭތީ، ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ހިނގަމުން ދާ ދައުރުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި އިލެކްޝަންތައް ގިނަން ބާއްވަން ނުޖެހޭ ގޮތަށެވެ.

ގާނޫނަށް ހުށަހަޅާ އިސްލާހުގައި ވަނީ ކައުންސިލްއެއްގެ ރައީސްއާއި މެމްބަރުގެ ގޮނޑި ހުސްވިއިރު ދައުރުގެ ބާކީ އޮތީ 548 ދުވަހަށް ވުރެ ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ އިންތިހާބު ނުބޭއްވުމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތަކުގައި ވެސް ހަމަ އެގޮތަށް އަމަލު ކުރުމަށް ވެއެވެ.

މިހާރު ގާނޫނު އޮތް ގޮތުން ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ބައި އިލެކްޝަން ބާއްވަން ނުޖެހެނީ ދައުރުގެ ބާކީ އެއް އަހަރު ދުވަސް އޮތް ނަމަ އެވެ. ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެ މުއްދަތު  އެއް އަހަރާއި ހަ މަސް ދުވަސް ހިމަނައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: