ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރު އޮތީ ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކޮށް، ސިޔާސީ އެންގުމަކަށް ބަޓަނަށް ފިއްތާލާ މަޖިލީހެއް: އަޒްމިރަލްދާ

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިވަގުތު ގާނޫނޫ ވެރިކަމެއް ނުހިނގާކަމަށާއި ގާނޫނޫގެ ވެރިކަން ހިނގާނަމަ ނުހިނގާކަމެއް ހިނގި ކަމަށް ހަދައިގެން ތަހުގީގުތަކެއް ހިންގާ މަގާމުން ވަކި ނުކުރީސްކަމަށް ސުޕްރީމް ކޯޓުގެ ކުރީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މައްސަލައިގައި އަޒްމިރަލްދާ އާންމު ކުރި ބަޔާނުގައި ވަނީ ރައްޔިތުންގެ މަޖިލީހުން އޭނާ  އަޒުލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ނޫންކަމަށެވެ. އަދި އެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވަނީ އެއްވެސް ކުށެއްކޮށްފައި ނުވާކަން ވެރިކަން ކުރާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަރ މެޖޯރިޓީއަށް ވެސް އެނގޭ ހާލަތުގައިކަމަށް ވިދާޅުވި އެވެ.

އަޒްމިރަލްދާ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ މަސައްކަތްކުރަމުން ދަނީ ސިޔާސީ އެންގުމަކަށް ބަޓަނަށް ފިއްތާލާ ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރާ އަޅުވެތިވެފައިވާ ކުޑަ ސޯބުތަކެއްގެ ގޮތުގައިކަަމަށެވެ.

އަޒްމިރަލްދާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް ހިމެނޭހެން އޭނާ ސަސްޕެންޑު ކުރީ ހައްސާސްކަން ބޮޑު ދުސްތޫރީ މައްސަލައެއްގެ އަޑުއެހުން ފަސްކޮށްދިނުމަށް ރައްދުވާ ފަރާތުން އެދިފައިވަނިކޮށް އެގޮތުގެ މަތިން ކެންސަލް ނުކޮށް ކުރިއަށް ދިއުމަށް ކަނޑައަޅައި ކޯޓަށް ވަދެ ވަދެ ތިއްބާކަމަށެވެ. ނަމަވެސް ސަސްޕެންޝަން ބިނާކުރި މައްސަލައިގެ ލިޔެކިއުންތައް މަގާމުން ވަކިކުރުމާއި ހަމައަށް ވެސް ލިބިފައިނުވާކަން ފާހަގަކޮށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭނާއާއި ގުޅޭ މައްސަލައެއް ތަހުގީގުކުރާކަން ޖޭއެސްސީއަށް އަންގާފައިވާއިރު މިހާތަނަށް ވެސް އެ ބުނާ މައްސަލައެއްގައި ސުވާލެއް ނުކުރާކަމަށެވެ.

އަޒްމިރަލްދާ ވިދާޅުވީ، ސުވާލު ކުރުމެއް ނެތި ޖިނާއީ ތަހުގީގުތަކެއްގެ ނަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކުރަން ކެރުނު ބަޔަކު، އޮންނަ އުސޫލުތައް އެއްކިބާކުރުމަށް ފަހު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހުން ފެށިގެން ކުރަމުން އައިސްފައި ވަނީ ގޮންޖެހުންތައް ގިނަ ދަތުރެއްކަމަށާއި ސަބަބަކީ ރާއްޖޭގައި ގާނޫނީ ވެރިކަމެއް ނުހިނގުންކަމަށް ވިދާޅުވި އެވެ. އަޒްމިރަލްދާ ވިދާޅުވީ، ގާނޫނީ ވެރިކަމެއް ހިނގާނަމަ އެގޮތުގެ މަތިން އަމަލުކުރެވި އަސާސީ ހައްގުތައް ކަށަވަރުކުރެވިގެންދާނެކަމަށާއި ނުހިނގާކަމެއް ހިނގާފައިވާކަމަށް ހަދައިގެން މައްސަލައެއް ތަހުގީގު ނުކުރާނެކަމަށެވެ.

އަޒްމިރަލްދާ ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުނުކުރީ އޭނާގެ ވާހަކަތައް އޮއްބާލުމުގެ ބޭނުމުގައިކަމަށާއި އެކަމުގެ މަގުސަދުތަކުގެ ތެރޭގައި ދައުލަތުގެ އެކި އިދާރާތައް އަތް ގުޅުވާލައިގެން ހިންގާފައިވާ ކޮރަޕްޝަނާއި މަގާމުގެ ނަހަމަ ބޭނުން ހިފުމުގެ މައްސަލަތައް ފަސް އަޅާ ފޮރުވުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: