ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޅު ހިޔާގެ ނަން ރިކަރެންޓު ހަރަދަކީ 1.2 މިލިއަން: މާރިޔާ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮޅު ހިޔާ ފެސިލިޓީއަށް ނަން ރިކަރެންޓު ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވިދާޅުވީ އޮޅުމަކުންކަމަށް އެނިމަލް ވެލްފެއަރ މިނިސްޓަރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުގެ ޖަވާބުގައި ބުޅާ ފެސިލިޓީ ހެދުމަށް ހަމައެކަނި ފެސިލިޓީއަށްވެސް 1.2 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާ ކުރެވޭކަމަށް މަޖިލީހުގައި ވިދާޅުވެވިފައި ވާތީ އެވެ.

މިނިސްޓަރ ވިދާޅުވީ އެގޮތަށް ވިދާޅުވީ އޮޅުމަކުންކަމަށާއި އެތަނުގެ ނަން ރިކަރެންޓު ހަރަދަކީ 1.2 މިލިއަން ރުފިޔާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެ ފެސިލިޓީގައި 2000 ބުޅާ ގެންގުޅޭނަމަ، ކޮންމެ ބުޅަލަކަށް މަހެއްގެ މައްޗަށް ހަތްލައްކަ ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވަނީ އެގޮތަށް ޚަރަދު ކުރާނަމަ މަހެއްގެ މައްޗަށް އަދި އަހަރެއްގެ މައްޗަށް ހޭދަވާނެކަމަށް އަންދާޒާ ކުރެވޭ މިންވަރުވެސް ހިއްސާ ކުރައްވާފައެވެ.

އެގޮތުން ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަހަރަކު 5416 މިލިއަން ރުފިޔާ ހަރަދުވާނެކަމަށްވެސް މިނިސްޓަރ އަންދާޒާ ކުރެއްވިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ފާއިތުވި ބަންދު ތެރޭގައިވެސް ވުޒާރާގެ މުވައްޒަފުން ވަނީ އޮޅުހިޔާގެ އާބާތުރަފިލުވާ، އެތަނަށް ބޭނުންވާ ސާމާނުތައް ހަމަކުރުމުގެ މަސައްކަތް، ކަމާއި ގުޅުންހުރި ޖަމިއްޔާތަކާއި ގުޅިގެން ކޮށްފައެވެ.

އޮޅުހިޔާ އެ ވުޒާރާއާއި ހަވާލުކުރި ވަގުތުން ފެށިގެން އެތަނަށް ބުޅާތައް ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްފައިވާއިރު، ބުޅާ ބޭތިއްބުމަށް ކޭޖްތައް ތައްޔާރުކުރުމާއި، ބުޅާތައް ބައިތިއްބާ ކޮށިތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތްތައް ވަނީ ކޮށްފައެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ފުރަތަމަ ބެޗްގައި 15 ބުޅާ އޮލުހިޔާއަށް ލިއެވެ. އަދި އެ ބުޅާތައް 4 ކޮށްޓަކަށް ވަނީ ބަހާލާފައެވެ.

އެހެންކަމުން އޮޅުހިޔާގެ އިތުރު ކޮށިތަކުގެ ރަގަޅުކުރަން ޖެހޭކަންކަން ބަލައި ރަނގަޅުކުރުމުގެ މަސައްކަތް މިހާރުވެސް އެ ވުޒާރާއިން ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަން ރަގަޅު ކުރެވެމުން ދާވަރަކަށް އިތުރު ބުޅާތައް އޮޅުހިޔާއަށް ލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: