ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް، ކޮރަޕްޝަން މަދުކުރެވޭނެބާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ، ޓެކްނޮލޮޖީ ތަރައްގީވެ، އެޔަށް ބަރޯސާވާ މިންވަރު އިތުރުވާ ވަގުތެކެވެ. ޓެކްނޮލޮޖީ ތަރައްގީވަމުން ދާދިޔުމުގައި، ޑިޖިޓަލައިޒޭޝަން މިވަނީ ގައުމެއް ހިންގުމުގައި އެންމެ އެކަށީގެންވާ ހަތިޔާރެއްގެ ގޮތުގައި ކަނޑައެޅިފައެވެ. އެގޮތުން، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ”މޯލްޑިވްސް 2.0“ ގެ ނަމުގައި ދިވެހިރާއްޖެ ޑިޖިޓަލައިޒްކޮށް، މުޅި ގައުމު އަލުން ބައްޓަން ކުރުމަށްޓަކައި މަޝްރޫއެއް އިފްތިތާހުކުރެވިގެން ދިޔައިރުގައި، ސަރުކާރުން ބުނަމުން ދަނީ މިއީ ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރުމާއިއެކު، ދިވެހިރާއްޖެއަށް ދިމާވެފައިވާ ކޮރަޕްޝަނުގެ ފަސާދަ ނައްތާލުމަށް އޮތް ހައްލުކަމަށެވެ.

ގައުމެއް ޑިޖިޓަލައިޒްކުރުމުގެ މާނައަކީ، ޓެކްނޮލޮޖީއާއި އޮޓޮމޭޝަން ބޭނުންކޮށްގެން، ވެރިކަމާއި ސަރުކާރުން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރުކުރުމެވެ. މީގެތެރޭގައި، ސަރުކާރުން ދޭ ހިދުމަތްތައް މުޅިން އެއްކޮށް، އޮންލައިން ޕްލެޓްފޯމެއްގައި ގާއިމުކުރުމާއި، ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޑިޖިޓަލް އައިޑީ ސިސްޓަމެއްގައި ގާއިމުކުރުން ހިމެނެއެވެ.

ޑިޖިޓަލައިޒްކުރުމުން ކޮރަޕްޝަން މަދުވާ ގޮތް

ގައުމެއް ޑިޖިޓަލައިޒްކުރުމުގެ ތެރޭގައި ސަރުކާރުން ދޭ ހިދުމަތްތައް އޮޓޮމޭޓްވެކުރެއެވެ. އޭގެ ސަބަބުން އިންސާނީ ތަދައްހުލުވުން ނައްތާލެވިގެންދާނެއެވެ. މީގެ ކުރިން ސަރުކާރު ހިންގަމުން ދިޔަ ނިޒާމުތަކުގައި ކަމެއް ކުރުމަށް ބޭނުންވާ ރުހުން، ހުއްދައިގެ އިތުރުން ކުރަންޖެހޭމުއާމަލާތްތަކަށް އިންސާނީ ތަދައްހުލުވުން ބޭނުންވާއިރު، މިފަދަ އުސޫލުތަކުން ކަންތައްތައްކުރެވޭނަމަ، ރިޝްވަތާއި ”ނެޕޯޓިޒަމް“އަށް ފުރުސަތު ފަހިވެގެންދެއެވެ. އެހެންކަމުން، އޮޓޮމޭޓޫކުރެވުމުން، ވިޔަފާރި ރަޖިސްޓްރޭޝަން، ހުއްދަ ފާސްކުރުމާއި، ޓެކްސް ދެއްކުން ފަދަ މަރުހަލާތައް އަވަސްވެ، އިންސާނެއްގެ ތަދައްހުލު ނައްތާލެވެއެވެ.

މީގެއިތުރުން، ޑިޖިޓަލައިޒްކުރުމުން އީ-ގަވަރނެންސް ޕްލެޓްފޯމްތައް ވުޖޫދަށް އައިސް، ހާމަކަން ބޮޑުގޮތެއްގައި ކަންކަން ކުރަން މަގުފަހިވެގެންދެއެވެ. އެގޮތުން، ސަރުކާރުގެ ހިދުމަތްތައް އޮންލައިން ޕްލެޓްފޯމެއްގައި ގާއިމުކުރެވިގެންދިޔުމަކީ މެދުވެރިޔަކާއި ނުލާ ސީދާ ސަރުކާރުގެ ހިދުމަތްތައް ދިވެހިރައްޔިތުނަސް ލިބިގެންދިޔުމަށް މަގުފަހިކޮށްދޭކަމަކަމަށްވާއިރު، އެކަމުގެ ސަބަބުން ނަހަމަ ގޮތުގައި ބާރު ބޭނުންކުރުން ނުވަތަ ރިޝްވަތުގެ މައްސަލަތައް ހިންގުން މަދުކޮށްދޭކަމެކެވެ.

އެއީ ޑިޖިޓަލް ޓެކްސް ފައިލިންގ، ޕްރޮކިއުމަންޓު ސިސްޓަމް ފަދަ ހިދުމަތްތައް އޮންލައިން ސިސްޓަމް މެދުވެރިކޮށް، ކުރިޔަށް ގެންދިޔުމުގެ ސަބަބުން ސަރުކާރުގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތަކަށް، އެ ހިދުމަތްތަކުގެ މަރުހަލާގެ މައުލޫމާތު ޓްރެކް ކުރެވޭއިރު، ސަރުކާރުން ދޭ ހިދުމަތެއްގައި އެއްވެސް ނަހަމަ އަމަލެއް ފޮރުވަން އުނދަގޫވެގެންދެއެވެ.

ދިވެހިރާއްޖޭގައި މިވަގުތުއޮތް ނިޒާމަކީ ބިއުރޯކްރެޓިކް ނިޒާމަކަށްވާއިރު، މި ނިޒާމުގގައި ހުއްދައާއި، ރުހުން ބޭނުންވާ ޒާތުގެ ހިދުމަތްތައް ނުވަތަ ގާނޫނީ ހިދުމަތް ހޯދައި ފަރާތްތަކުން އެ މަރުހަލާ އަވަސްކުރުމަށްޓަކައި ގިނަ ފަހަރު ހިޔާރުކުރަނީ ރިޝްވަތު ދީގެން، އެ މަރުހަލާ އަަވަސްކުރެވޭނެ ގޮތެވެ.

މިއީ، ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ފަރާތްތަކަށް ބޭއިންސާފުކަމަށްވާއިރު، ސަރުކާރުންދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ ދިވެހިރައްޔިތުން ލިބިގަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، މަރުހަލާގެ ބާރުމިން އަވަސްކޮށްދޭކަމެކެވެ. އެހެންކަމުން، ރިޝްވަތު ދީގެން ސަރުކާރުގެ ހިދުމަތްތައް ލިބިގަންނަ ފަރާތްތައް އެކަން އެހެން ކުރުމުން އެއްކިބާވުމަށް ބާރުވެރިކުރެވިގެންދެއެވެ.

ހަމައެއާއިއެކު، ޑިޖިޓަލައިޒޭޝަން ނިޒާމެއްގެ ތެރެއިން ސަރުކާރުން ކުރާ ކޮންމެ މާލީ މުއާމަލާތެއް ރެކޯޑްކޮށް، ސަރުކާރުގެ އިސް އަދި އެހެނިހެން މަގާމުގައި ހުންނަ ފަރާތްތަކަށް ފައިސާގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރަން ދަތިވެގެންދެއެވެ. އެގޮތުން، ސަރުކާރަށް ވަގުތުން ވަތުތަށް ސަރުކާރުގެ ހަރަދުތައް މޮނީޓާ ކުރެވުމުގެ ސަބަބުން، އިންފްރާސްޓަރަކްޗަރ، ސިއްހީ ފަރުވާ އަދި އެހެނިހެން މަޝްރޫއުތަކަށް ދޫކުރާ ފައިސާގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ބޭނުންކުރެވޭތޯ ކަށަވަރުކޮށްދައެވެ.

ޑިޖިޓަލައިޒްކުރުމުން ކޮރަޕްޝަން މަދުކުރުމަށް ހުރި ހުރަސްތައް 

ސަރުކާރުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒްކުރެވުމުން ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވެން ސަބަބުތައް ހުރިކަމުގައިވީނަމަވެސް، އެކަން އެހެންނުވުމަށްމެދުވެރިވާ ސަބަބުތައްވެސް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން، ރަނގަޅު ސައިބާ ސެކިއުރިޓީ އަދި ރައްކާތެރި ޑޭޓާ ސްޓޯރެޖްއެއް ގާއިމުނުކުރެވިއްޖެނަމަ، ކޮރަޕްޝަނުގެ އަމަލުތައް ކުރާ ފަރާތްތަކަށް، ޑިޖިޓަލައިޒޭޝަންގައި ވަތުން ވަތަށް ބެހެއްޓޭ ރެކޯޑުތަކުގައިވާ މާލީ މުއާމަލާތްތަކަށް ބަދަލުގެނައުމުގެ ޖާގައެބައޮތެވެ. އަދި ފެންވަރުގެ ޑިޖިޓަލް ޓްރެކިންގއަކީ ފުރިހަމަ އިތުބާރުދެވޭ  އެއްޗަކަަށްނުވުމުގެ ފުރުސަތުއޮތުމާއިއެކު، މަކަރާއި ހީލަތުގެ އަމަލުތައް ބިއުރެކްރެޓިކް ނިޒާމަކުން ސަރުކާރުން ހިންގުމުގައި އަމަލުކުރި ފަދައިން ޑިޖިޓަލައިޒް ނިޒާމެއްގައިވެސް އެފަދައިން އަމަލުކުރުމަށް ފުރުސަތުލިބިގެންދެއެވެ.

މީގެއިތުރުން، ޑިޖިޓަލައިޒޭޝަން މަސައްކަތްކުރަނީ، ކޮރަޕްޝަނާއި ދެކޮޅަށްކަމުގައިވީނަމަވެސް، މިވަތުގު ސަރުކާރުގެ ނިޒާމުގައި ހާމަކަންބޮޑުގޮތެއްގައި އަމަލުނުކުރާ ހާލަތުގައި، ސަރުކާރު ޑިޖިޓަލައިޒްކުރުމުން އޭގެން ލިބޭ ފައިދާނުލިބުމަށްވެސް ޖާގައޮތްކަން ފާހަގަކޮށްލެވެއެވެ. އެއީ، އާންމުންނަށް ހާމަކަން ބޮޑުގޮތެއްގައި ސަރުކާރުގެ މައުލޫމާތުތައް ފެންނަން ނެތުމަކީ ޑިޖިޓަލް ރެކޯޑުތައްވެސް ފޮރުވަން އޮތް ސަބަބެކެވެ. އެގޮތުން، ސަރުކާރުން ކުރާ ހަރަދުތަކާއި ނިންމާ ނިންމުންތައް މޮނިޓަރ ކުރުމަށް ދަތިވާންވެސް މެދުވެރިވާނޭ ސަބަބެކެވެ.

ސަރުކާރު ޑިޖިޓަލް އުސޫލަކުން ހިންގާއިރު،  މަނީ ލޯންޑަރިންގ އަދި އޮންލައިންކޮށް ރިޝްވަތު ދިނުމުގެ އާދައަކަށް ބަދަލުވުންވެސް އެކަށީގެންވެއެވެ. އެގޮތުން، ކުރިން ސަރުކާރު ހިންގުނު ބިއުރޮކްރަޓިކް ގޮތުގައި ހިންގޭ ކޮރަޕްޝަނުގެ ގޮތްތައް އޮންލައިން އުކުޅުތައް ބޭނުންކޮށްގެން ކުރުމަށް ބާރުލިބިގެންދެއެވެ.

ގައުމު ޑިޖިޓަލައިޒްކުރެވޭއިރު، ރައްކާކުރެވޭ ޑާޓާއަސް މިނިވަން ޑިޖިޓަލް އޮވާސައިޓެއް ނުވަތަ ގައުމުން ބޭރު ވޮޗްޑޯގުތަކަށްނެތްކަމުގައިވާނަމަ، ސަރުކާރުގެ އޮޑިޓުތަކަށް އޯވާސައިޓުނުކުރޭ ހާލަތުގައި ހާމަކަން ބޮޑު ނިޒާމަކަށްވުމުގެ ބަދަލުގައިވެގެންދާނީ ސަރުކާރުގެ އަމަލުތައް ފޮރުވޭ ޒާތުގެ ނިޒާމަކަށެވެ. މިވަގުތު ސަރުކާރުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ހާމަކަން ކުޑަކަމަށްވާއިރު، އެ މައްސަލަ ހައްލުނުކުރެވޭ ތަންވަޅުގައި، ޑިޖިޓަލައިޒްކުރެވުމުން، ހާމަކަންބޮޑުވުމަށް ހުރަސްއެޅިގެންދެއެވެ.

ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން އިފްތިތާހުކުރި އިސްނެންގެވުމަކީ، ކޮރަޕްޝަނާއި ދެކޮޅަށް އެޅޭ ފިޔަވަޅެއްކަމުގައިވީނަމަވެސް، މި ވަތުގު ސަރުކާރު ހިންގަން އޮތް ބިއުރަކްރެޓިކް ނިޒާމުގައި ހުރި މައްސަލަތައް ހައްލުނުކުރެވޭނަމަ، ސަރުކާރުގެ ހިންގުން ޑިޖިޓަލައިޒްކުރުމަށް ވަރަށް ދަތިވާނެއެވެ. އެގޮތުން، ކޮރަޕްޝަނުގެ އަމަލުތައްކުރުން އާ ގޮތަކަށް ބަދަލުވެ، އެ އަމަލުތައް ގިނަވުންވެސް އެކަށީގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: