ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިންގެ 11.4 އިންސައްތަ އައީ ޗައިނާ މާކެޓުން: ޓޫރިޒަމް މިނިސްޓްރީ

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 11.4 އިންސައްތަ އައިސްފައި ވަނީ ޗައިނާ މާކެޓުންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުންނަމަ، މި އަހަރުގެ މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 897,444 ފަތުރުވެރިން އައިސްފައިވެއެވެ.

މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް، އައި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 8.1 އިންސައްތައިގެ އިތުރުވުމެއްކަން ތަފާސްހިސާބުތަކުން ދައްކައެވެ. ނިމިދިޔައަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ، 830،385 ފަތުރުވެރިންނެވެ.

ދިވެހިރާއްޖެއަށް ޒިޔާރަތް ކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން، 71 އިންސައްތަ އައިސްފައި ވަނީ ރިސޯޓުތަކަށެވެ. 23.5 އިންސައްތަ ގެސްޓުހައުސްތަކަށް ގޮސްފައިވާއިރު، 3 އިންސައްތް ގޮސްފައި ވަނީ ހޮޓެލްތަކަށެވެ.

މީގެކުރިން ގިނަ އަދަދެއްގެ ފަތުރުންވެރިން އަންނަކަން ފާހަގަކުރެވޭ، އިންޑިއާގެ މާކެޓް 6 ވަނައިގައި އޮތްއިރު، 1 ވާނައިގައި އޮތީ ޗައިނާ މާކެޓުކަން ފާހަގަކުރެވެއެވެ. 2 ވަނައަށް މި އަހަރު އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާ މާކެޓްކަމަށްވާއިރު، 3 ވަނައިގައި އޮތީ ޔޫކޭ މާކެޓެވެ.

މި އަހަރުގެ ތެރޭގައި ފްރާންސް، ޔޫއެސްއޭ އަދި އޮސްޓްރޭލިއާގެ މާކެޓުން ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ އައިސްފައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: