ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދާ ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027“ ފަށައިފި

ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް 2025-2027“ ފަށާފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާގޮތުން ”އެގްޒެކެޓިވް ޑިވެލޮޕްމަންޓް ޕްރޮގްރާމް(އީ.ޑީ.ޕީ) 2025-2027“ އަކީ އެ އޮފީހުގެ ގެ ޕޮލިޓިކަލް އެފެއަރޒް ބައިގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް ޔުނިޓްގެ އިސްނެގުމަށް، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ސެޝަން ބާއްވާފައިވަނީ ކިންގް ސަލްމާން މިސްކިތުގައިކަމަށްވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވާއިރު ފުރަތަމަ ސެޝަން ކުރިއަށް ގެންދަވާފައިވަނީ ޢަފީފް ޙުސައިންކަމަށް ފާހަގަކޮށްފައިވެއެވެ. މި ސެޝަންގެ މައުޟޫއަކީ ”ލީޑިންގ އެންޑް ޓްރާންސްފޯމިންގ އަ ނޭޝަން ތްރޫ ސަރވިސް އެކްސެލެންސް ކަލްޗަރ“ ނުވަތަ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ޘަޤާފަތެއްގެ ތެރެއިން ޤައުމުގެ ތަޞައްވުރު ބަދަލުކުރުންކަން ހާމަކޮށްފައިވެއެވެ.

‎މި ސެޝަންގައި ދައުލަތުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިކަންވެސް ހިއްސާކޮށްފައިވާއިރު އީ.ޑީ.ޕީ އަކީ ދައުލަތުގެ މުވައްޒަފުންނާއި ސިޔާސީ ގޮތުން ޢައްޔަންކުރެވޭ ބޭފުޅުން ހިމެނޭހެން، ޕަރފޯމަންސް ހަރުދަނާކުރުމަށް އެކުލަވާލެވުނު ޕްރޮގްރާމެއްކަމަށް ބުނެފައިވެއެވެ.

‎މި ޕްރޮގްރާމްގެ ދަށުން، ހިންގުމުގެ ހުނަރުތައް ދަސްކޮށްދިނުމާއި، އިދާރާތަކުގެ މެދުގައި މުޢާމަލާތްކުރުމުގައި ހުރި ހިރާސްތައް ހަމަޖެއްސުމާއި، އިދާރީ އޮނިގަނޑަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެވިގެންދާނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޓަރެކްޓިވް ލެކްޗަރތަކާއި، ސެމިނަރ، އަދި މަސައްކަތު ބައްދަލުވުންތަކާއި، ދާއިރާގެ ތަޖުރިބާކާރުންގެ ސެޝަންތަކުގެ ޒަރީޢާއިންކަމަށްވެސް ބުނެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: