ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލޮކް ގްރާންޓު ފައިސާއިން ބައެއް ކައުންސިލުތަކުން ބެންކޮކަށް ދޭ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ދޭ ފައިސާއިން ބައެއް ކައުންސިލުތަކުގެ މެމްބަރުން ތަޖުރިބާ ދަތުރުގެ ނަމުގައި ބެންކޮކަށް ދިއުންފަދަ އަމަލުތައް ހިންގަމުންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއިއެކު ނަމުގައި ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕޮޑްކާސްޓްގައި ކައުންސިލުތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެ އިދާރާތައް ބާރުވެރިކުރާ ވާހަކަތަކާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ވާހަކަތައް ދައްކާއިރު އަންހެން ކައުންސިލަރުން ނޫނީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަތައް ދައްކަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ، އެކަމަށް އޮތް ފުރުސަތުތައް އިތުރުކުރުމަށް ނިންމަވާފައިކަމަށާއި އެ މަގުސަދުގައި ރާއްޖޭގެ ކައުންސިލުތަކުގައި ތިއްބަވާ މެމްބަރުންގެ 33 އިންސައްތައިން 40 އިންސައްތައަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ވަރަށް މުހިންމު ބަދަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށާއި އެކަމުގެ ސަބަބުން އާބާދީ ބޮޑެތި ރަށްތަކުގައި ހާއްސަ ގޮތެއްގައި ފައިދާތައް ވެގެންދާނެކަމަށެވެ.

ކައުންސިލުތަކަށް ދޭ ގްރާންޓުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލުތަކަށް ލިބޭ ފައިސާއާއި ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހޭދަކުރެވިގެންދާކަން ބެލޭނެ ނިޒާމެއްވެސް ތައާރަފްކުރަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ކުރަންޖެހެނީ ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަ ގޮތަށްކަމަށާއި މިހާރު ބްލޮކް ގްރާންޓުތައް ނަގައިގެން ތަޖުރިބާ ދަތުރުގެ ނަމުގައި ބެންކޮކު ފަދަ ތަންތަނަށް ކައުންސިލުތަކުގައި ތިބޭ ފަރާތްތަކުން ޒިޔާރަތްކުރާކަމަށެވެ.

ރައީސް ވިދާޅުވީ، މުޅި ކައުންސިލު އޮތް ގޮތަށްވެސް ދަތުރުކުރާކަމަށެވެ. ނަމަވެސް އެކަމުން ރައްޔިތުންނަށް ކުރާ ފައިދާތަކެއް ނެތްކަމަށް އިޝާރާތްކުރެއްވިއިރު އެއީ ބްލޮކް ގްރާންޓުތަކުގެ ބޭނުން ހިފަން އޮންނަ ގޮތް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއް ކައުންސިލުތަކުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ފައިސާ ސޭވްކުރުމުގެ ވިސްނުންވެސް ގެންގުޅޭކަމަށާއި ނަމަވެސް އެ ފައިސާއަކީ ގާނޫނީގޮތުން ކައުންސިލުތަކުގެ މައްޗަށް އެޅިފައިވާ ހުރިހާ ޒިންމާއެއް އަދާކުރަން ދޭ ފައިސާކަމަށާއި ގިނަ ޒިންމާތަކެއް ހުންނާނެއިރު ފެނިގެންދަނީ އެކަންކަމަށް ދޭ ފައިސާ ހަރަދުނުކޮށް ބެންކޮކު ފަދަ ތަންތަނަށް ދިއުމަށް އެކައުންޓުގައި ރައްކާކުރާ މަންޒަރުކަމަށެވެ. އެހެންކަމުން ދެން އެ ފައިސާ ސޭވިންގް އެކައުންޓަށް ނުލެވޭނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: