ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގަށް ސާފު ފައިދާގެ ގޮތުގައި 15.1 މިލިއަން ޑޮލަރު

ފޮޓޯ: ކޯޕަރެޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 15.1 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 6.18 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދިރާގަށް ލިބިފައިވަނީ 14.1 މިލިއަން ޑޮލަރެވެ.

ދިރާގުގެ ކުއާޓަލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 45.3 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 0.14 އިންސައްތައިގެ ދަށްވުމެކެވެ. އެހެންނަމަވެސް މި ނަތީޖާތަކުން ދައްކުވައިދެނީ ޑައިނަމިކް މާކެޓެއްގައި ދިރާގުގެ ގާބިލުކަން ދެމެހެއްޓިފައިވާކަމެވެ.

ދިރާގުގެ ފައިދާއަށް އެންމެ ބޮޑަށް ހިއްސާކުރި ދާއިރާތަކަށް ބަލާއިރު، މޯބައިލް ޚިދުމަތްތަކުން 24.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 24.4 މިލިއަން ޑޮލަރަށްވުރެ ދަށް އަދަދެކެވެ. އެހެންނަމަވެސް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތްތަކަށް އޮތް ޑިމާންޑު އިތުރުވުމާއެކު، މި ދާއިރާއިން 19.8 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.5 މިލިއަން ޑޮލަރަށްވުރެ 1.3 އިންސައްތައިގެ އިތުރުވުމެކެވެ.

ދިރާގުގެ މި ކާމިޔާބު ނަތީޖާއިން ހާމަކޮށްދެނީ ދިވެހިރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ސިނާއަތް ފުޅާވެފައިވާ މިންވަރެވެ. އަދި ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ދާއިރާގައި މޯބައިލް ސަބްސްކްރިޕްޝަންތަކަށް ބަލާއިރު، ދިރާގުގެ މާކެޓް ހިއްސާގެ ބޮޑު އިންސައްތައެއް އޮތްކަން ވެސް ފާހަގަކުރެވެއެވެ.

ދިރާގަކީ ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ހަލުވިކަމާއެކު ކުރިއަރަމުންދާ، އަދި ދުނިޔޭގެ ޓެކްނޮލޮޖީ ފުޅާވަމުންދާ ބާރުމިނުގައި އެ ބަދަލުތަކާ އެއްހަމައެއްގައި މަސައްކަތްކުރަމުންދާ ކުންފުންޏެއްކަން މި ނަތީޖާތަކުން ސާބިތުކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: