ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވިޑެންޑް ފައިދާ ހިއްސާދާރުންނަށް ޖަމާކޮށްދީ، އެސްޓީއޯ ނަމޫނާ ކުންފުންޏަކަށް!

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ---- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ޖަމާކޮށްދީފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި މި ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާގެ މަގުން ބެހުމަށް ވަނީ ފާސްކޮށްފައެވެ.

އެސްޓީއޯގެ އެއް މިލިއަން ހިއްސާ ހިމެނޭއިރު، ޖުމްލަ 90 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބެހުމަށް ނިންމާފައިވެއެވެ. މީގެ ތެރެއިން އާންމު ހިއްސާދާރުންނަށް ލިބޭނީ 17 މިލިއަން ރުފިޔާ ކަމަށާއި، ބާކީ 73 މިލިއަން ރުފިޔާ ވަންނާނީ ސަރުކާރަށް ކަމަށް ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

ޖަލްސާ ކުރިއަށްދަނިކޮށް ހިއްސާދާރުންނަށް ފައިސާ ޖަމާކުރުމަކީ މީގެ ކުރިން އެއްވެސް ކުންފުންޏަކުން ކޮށްފައިނުވާ ކަމެއް ކަމަށް ހިއްސާދާރުން ފާހަގަކޮށް، އެކަމަށްޓަކައި ކުންފުންޏަށް ޝުކުރު އަދާކޮށްފައިވެއެވެ. ”މީގެ އަހަރުތަކެއް ކުރިން އެސްޓީއޯގެ ފައިދާ ނުލިބިގެން އެތައް ފަހަރަކު ގުޅަން ޖެހުނު. އެކަމަކު މިއަދު އެސްޓީއޯއަކީ ހިއްސާދާރުންގެ ކަންކަން ފުރިހަމައަށް ކޮށްދިނުމުގައި އެންމެ ނަމޫނާ ކުންފުނި،“ ހިއްސާދާރެއް ވިދާޅުވިއެވެ.

ރޭ ބޭއްވުނު ޖަލްސާގައި 129 ހިއްސާދާރުން ބައިވެރިވެފައިވެއެވެ. ރޭގަނޑު 9:00 ގައި ފެށުނު ޖަލްސާގައި ހިއްސާދާރުން ކުރި ހުރިހާ ސުވާލުތަކަށް ޖަވާބުދީ، ޖަލްސާ ނިމުނީ ރޭގަނޑު 12:00 އާ ގާތްކުރި އިރުއެވެ.

އެސްޓީއޯއިން މިފަދަ ފިޔަވަޅެއް އެޅުމަކީ ރާއްޖޭގެ އެހެން ޕަބްލިކް ކުންފުނިތަކަށްވެސް ރަނގަޅު ނަމޫނާއެއް ކަމަށް މާލީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ. މިކަމުން ކުންފުނީގެ ހިއްސާދާރުންގެ އިތުބާރު އިތުރުވެ، ކުންފުނީގެ ވިޔަފާރިއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: