ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންކަރިންގެ ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައި: ޝިމާދު

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ---- ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ހިދުމަތުން އެސްޓީއޯއަށް މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި ޝިމާދު ވިދާޅުވީ އިހަވަންދިއްޕޮޅުން ބަންކަރިން ގެ ހިދުމަތް ފެށިނަމަވެސް އެ ހިދުމަތުގެ ވިޔަފާރި ރަނގަޅީ މާލެ ސަރަހައްދުގައި ކަމަށެވެ. ޝިމާދު ވިދާޅުވީ ވާދަވެރި އެހެން ގައުމުތަކާއި އެއް ފެންވަރަށް ހިދުމަތް ފޯރުކޮށްދޭން އަދިވެސް ގިނަ ކަންތައްތައް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

އެހެންކަމުން އެކަމާއިގުޅޭ މަޝްވަރާތައް ކަމާބެހޭ އިދާރާތަކާއިއެކު ކުރިއަށް ދާކަން އެމްޑީ ފާހަގަކުރައްވިއެވެ. ޝިމާދު ވިދާޅުވީ ބަންކަރިންގެ ހިދުމަތްފަށާ ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގލައިނަށް އެސްޓީއޯއިން އެ ހިދުމަތް ފޯރުކޯށްދީފައިވާ ކަމަށެވެ. 4000 ޓަނުގެ ޖާގައިގެ ބާޖުން، 1200 ޓަނުގެ ފެން އެ ޝިޕިންގލައިނަށް ފޯރުކޮށްދީފައިވާ ކަމަށް ޝިމާދު ވިދާޅުވިއެވެ.

”މިއިން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިންލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން މި ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށް ދާކަން،“

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު އެމްއޯޔޫއެއްގައި ސޮއިކުރީ 13 މާޗު 2024ގައެވެ. އެ ސަރަހައްދުން މަހަކު 300 އުޅަނދު ރާއްޖެ ހުރަސްކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: