ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލްޖީއޭއިން 2023ގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑު ރަސްމިއްޔާތު ބާއްވައިފި

އެވޯޑް ހަފްލާގެ ތެރެއިން: ފޮޓޯ/އެލްޖީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

އެލްޖީއޭގެ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެލްޖީއޭއިން ބުނެފައިވާގޮތުން އެ މުއައްސަސާގެ 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑު ރަސްމިއްޔާތު ބާއްވާފައިވަނީ މި އަހަރުގެ މޭ މަހުގެ 2025 ވަނަ ދުވަހުގައިކަމަށެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ އެ އޮތޯރިޓީގެ ރައީސް މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރުއެވެ.

މި ހަފްލާގައި އެވޯޑު ހާސިލުކުރި މުއައްޒަފުންނަށް އެވޯޑު ހަވާލުކުރީ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އާދަމް ޝަރީފްގެ އިތުރުުން އެ މުއައްސަސާގެ ސީއީއޯ މުހައްމަދު ނިމާލްއެވެ.

އެލްޖީއޭގެ މި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ޖުމުލަ 8 އެވޯޑު ދީފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑު ހާސިލުކުރި ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ހުށައެޅިގެންދިޔައިރު އެތަކެތި ސްޕޮންސާ ކޮށްދީފައިވަނީ އުރީދޫގެ އިތުރުން ނައިޑް ލިވިންގް އާއި ޖިމް އެކްސްކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: