ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް އިސްލާމިކްއިން ރިސޯޓު ތަރައްގީކުރުމަށް ހަމަޖައްސައިފި!

ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްއިން ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ފައިނޭންސްކޮށްދިނުމަށް ހަމަޖައްސައިދީފިއެވެ. މި ރިސޯޓު ތަރައްގީކުރުމަށް ފައިނޭންސްކުރެވިގެންދަނީ ބީއެމްއެލް އިސްލާމިކްގެ ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގ ސްކީމުގެ ދަށުންނެވެ.

ބީއެމްއެލްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ތަރައްގީކުރެވިގެންދާ ރިސޯޓަކީ 5 ސްޓާ ފެންވަރުގެ ރިސޯޓެއް ކަމަށާއި، މި ރިސޯޓުގައި 118 ކޮޓަރި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ރިސޯޓަކީ މިވަގުތު ދިވެހިރާއްޖޭގައި 9 ރިސޯޓެއް ހިންގަމުންދާ އެލިއާ ގްރޫޕާއި، ދުނިޔޭގެ މަޝްހޫރު ހޮސްޕިޓާލިޓީ ބްރޭންޑް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްއާ ގުޅިގެން ތަރައްގީކުރެވޭ ރިސޯޓެކެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެފައިވަނީ، ”މިއީ ބީއެމްއެލްގެ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ލިބުނު ބޮޑު ކުރިއެރުމެއް“ ކަމަށެވެ.

ބޭންކުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، މި ފައިނޭންސިންގއާ އެކު ރާއްޖޭގެ މާލީ ދާއިރާގައި ބީއެމްއެލްއިން އަދާކުރާ ހިއްސާ އިތުރަށް ފުޅާވެގެންދާނެއެވެ. އަދި މިއީ ޒިންމާދާރު ބޭންކިންގ އަސާސްތައް ދެމެހެއްޓުމުގެ އިތުރުން، އީޖާދީ ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާނެ ކަމެއް ކަމަށްވެސް ބޭންކުން ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: