ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޖުމްލަ ޚަރަދު 20.3 އިންސައްތައިން ކުޑަވިއިރު، ރިކަރަންޓް 4.5 އިންސައްތަ ދަށަށް

ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ރިކަރަންޓް ޚަރަދުގެ މިންވަރު 2024 ވަނަ އަހަރާ އަޅައިބަލާއިރު 4.5 އިންސައްތަ ދަށަށް ގޮސް، ޖުމްލަ ޚަރަދު މިދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށަށް ހިނގައްޖެއެވެ.

މިކަން ހާމަވީ މާލީ ވުޒާރާއިން 20 މެއިގައި އާންމުކުރި ތަފާސް ހިސާބުންނެވެ.

15 މެއި 2025 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓަށް ލިބުނު އާމްދަނީއާއި ޚަރަދުކުރި މިންވަރު އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައިވާ ގޮތުން، 15 މެއި 2025 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 20.3 އިންސައްތައިން ދަށްވެފައެވެ. އެގޮތުން، 15 މެއި 2025 ގެ ނިޔަލަށް 12.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޚަރަދުކޮށްފައިވަނީ 16.2 ބިލިއަން ރުފިޔާއެވެ.

ދައުލަތުގެ ބަޖެޓުން 15 މެއި 2025 ގެ ނިޔަލަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 11.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވާ މިންވަރަށްވުރެ 4.5 އިންސައްތަ ދަށް ޢަދަދެކެވެ.

މިއަހަރު ދައުލަތުގެ ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާ ޖުމުލަ ޢަދަދުގެ ތެރެއިން 59.2 އިންސައްތައަކީ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ޚަރަދުތަކެވެ. އެގޮތުން، އޮފީސް ހިންގުމަށް ބޭނުންވާ ތަކެއްޗަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 71.7 އިންސައްތައިން ދަށްވެ، އިދާރީ ހިންގުމުގެ ޚަރަދުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް ރެކޯޑުކޮށްފައިވަނީ 7.0 ބިލިއަން ރުފިޔާއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމާ ގުޅޭ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދަށްވުރެ 10.0 އިންސައްތަ ދަށް ޢަދަދެކެވެ.

މީގެއިތުރުން، ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ ތެރޭގައި ކޮށްފައިވާ ޚަރަދު މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 4.9 އިންސައްތައިން ދަށްވެފައެވެ. ސަރުކާރުންދޭ އެހީއާއި، އިޝްތިރާކާއި، ސަބްސިޑީޒްއަށް މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ޖުމުލަ ޚަރަދުގެ 35.6 އިންސައްތަ އަކީ އާސަންދަ ފިޔަވައި ދައުލަތުން ފޯރުކޮށްދޭ އެހެނިހެން ސަބްސިޑީތަކަށް ކޮށްފައިވާ ޚަރަދެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ސަބްސިޑީތަކަށް ހޭދަކޮށްފައިވާ މިންވަރަށްވުރެ 23.7 އިންސައްތަ ދަށް ޢަދަދެކެވެ. އާސަންދަ ފިޔަވައި އެހެނިހެން ސަބްސިޑީތަކަށް ދައުލަތުގެ ބަޖެޓުންކޮށްފައިވާ ހޭދަ ދަށްވި ނަމަވެސް، އާސަންދައަށް މި އަހަރުގެ ތެރޭގައި ހިނގާފައިވާ ޚަރަދު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 24.0 އިންސައްތައިން ވަނީ އިތުރުވެފައެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން 829.4 މިލިއަން ރުފިޔާ އާސަންދައަށް ވަނީ ހޭދަކޮށްފައެވެ.

ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 23.7 އިންސައްތަ، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވީ ނަމަވެސް، މިއަހަރުގެ ތެރޭގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކާ ގުޅޭ ސިޔާސަތުތައް ހަރުދަނާކުރުމަށް މި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއެކު، މިދިޔަ އަހަރާ އަޅައިބަލާއިރު ކެޕިޓަލް ޚަރަދު މިވަނީ 71.3 އިންސައްތައިން ދަށްކުރެވިފައެވެ. މިއަހަރުގެ މިހާތަނަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ރެކޯޑްކޮށްފައިވަނީ ދައުލަތުގެ ޖުމުލަ ޚަރަދުގެ 8.5 އިންސައްތައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: