ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރު ޙައްޖަށް ދިއުމަށް ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ފުރުސަތު ލިބޭނެ: މިނިސްޓްރީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ޙައްޖުވެރިންނަށްވެސް ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މިއަހަރުގެ ޙައްޖު ކޯޓާގެ ތަފްސީލް މި މަހުގެ 26 ވަނަ ދުވަހު ހާމަކުރާނެއެވެ. އަދި ކޮންމެ އަހަރަކުވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްސީލް ވުޒާރާއިން ހާމަ ކުރާ ގޮތަށް ވަނީ ނިންމާފައެވެ. މިކަން އިންތިޒާމްވެގެންދާނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ މީގެ ކުރިން ހާމަ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެކަމަށް ހަމަޖެހިފައިވާ އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ. ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅު ކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ އަހަރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ރައީސް މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް ލިބިގެންދިޔަ ފާހަގަމޮށްލެވޭ ތާރީޚީ ކުރިއެރުމެއްކަމަށް އިސްލާމިކް މިނިސްޓްރީއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: