ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރެއް ކައިރީގައި މާރާމާރީ ހިންގި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މައުލޫމާތު ދެމުން ބުނެފައިވަނީ، ހިޔާ ޓަވަރު 11 ކައިރީގައި މާރާމާރީ ހިންގައި، މީހެއްގެ ބޯ ފަޅާލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޯމަ މަހުގެ ރޭ 11:51 ހާއިރުކަމަށެވެ.
މި މާރާމާރީގެ ސަބަބުން 2 މީހަކަސް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އެއް މީހެއްގެ ބޯފަޅައިގެންދިޔަކަމަށާއި، 2 ވަނަ މީހާގެ ބުރަކައްޓަށް އެކި ތަންތަން ދުޅަވެ، ދެ އަތުގެ އުޅަނބޮށި މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނަށް ފަރުވާދިނުމަށްޓަކައި، ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން މާރާމާރި ހިންގި މީހާ ދެ ފޯނުވެސް ފޭރިގެންފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 2025 މޭ 20 ވަނަ ދުވަހުގެ ރޭގަނޑު 11:10 ހާއިރު މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ބުނިއެވެ. އެއީ، މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18އ) އެވެ.
މި މިހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޮޓަށް ހާޒިރުކުރުމުން، ފުލުހުންގެ ތަހުގީގު އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

