ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިދީންނަށް ކީރިތި ގުރުއާން އުންގަންނައިދިނުމަށްޓަކައި އެމްސީއެސްއާއި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއިއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

ފޮޓޯ: ޕްރިޒަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަރެކްޝަންސް ސާވިސް(އެމްސީއެސް) އިން ޖަލުތަކުގައި ތިބި ގައިދީންނަށް ކީރިތި ގުރުޢާން އުންގަންނާދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކުރީ ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެގޮތުން، އެމްއޯޔޫގައި އެމްސީއެސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ. އަދި ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޒް އަބްދުﷲ ސައުދާންއެވެ.

މި އެއޯޔޫޔޫއަކީ 2 އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރެވުނު އެމްއޯޔޫއަކަށް ވާއިރު މި އެމްއޯޔޫގެ މަގްސަދަކީ، ސަރުކާރުގެ ސިޔާސްތަކާއި އެއްގޮތަށް، އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔުމުގެ ގާބިލުކަން ހަރުލައިދިނުމަށްޓަކައި، މަރުކަރުޒުގެ މުދައްރިސުން ހަމަޖެއްސުމާ ގުޅޭ އެންމެހާ ކަންތައްތައް މަގުފަހިކޮށްދިނުމެވެ. އެގޮތުން، މި އެމްއޯޔޫގެ ދަށުން، ކަނޑައެޅިފައިވާ އުޖޫރައަކަށް ކީރިތި ގުރުއާން އާ ބެހޭ ގައުމީ މަރުކަޒުން ޖަލުތަކުގައި ތިބި ގައިދީންނަން ގުރުއާން އަދި ހިފްޒު ކްލާސްތައް ނަގައިދޭނެ މުދައްރިސުން ހަމަޖެހިގެންދާނެއެވެ.

ކުޑަކުދިން ބަންދުކުރާ މަރުކަޒުތަކުގައި ތިބި ކުޑަކުދީންގެ ތައުލީމީ ފެންވަރަށް ރިއާޔަތްކޮށް، ކްލާސްތައް ނައިދޭނެ މުގައްރެއް ކަނޑައެޅުމާއިއެކު ދަރިވަރުންގެ ކުރިއެރުމާއި އިމްތިހާނުކުރުމާއި ވަޒަން ކުރާނެ އުސޫލުތައް ހެދުމާއި އެ އުސޫލުތަކާއި އެއްގޮތަށް ކްލާސްތައް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވާހަކަދައްކަވަމުން ވިދާޅުވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން އަބަދުވެސް ދެއްވމުންދާ އެހީތެރިކަމާއި، ވަކިން ހާއްސަކޮށް، ޖަލުތަކުގައި ހިންގާ ދީނީ ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ކުރިޔަށް ގެންދިޔުމުގައި އެ ވުޒާރާއިން ދެއްވާ އެހީތެރިކަން ފާހަގަކުރައްވިއެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން ކުރިއަށް ވުރެ ފުޅާ ދާޢިރާއެއްގައި މިހާރު މަސައްކަތްތައް ކުރައްވާކަންވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އިތުރަށް ވިދާޅުވީ، ޖަލުތަކުގައި ގިނަ އަދަދެއްގެ ޒުވާން އުމުރުފުރާގެ ގައިދީން ތިބޭއިރު، ބައެއް ގައިދީން ސްކޫލު ދައުރު ނިންމުނުއިރުވެސް ރަނގަޅަށް ކީރިތި ގުރުއާން ކިޔަވަން ނޭންގޭކަމަށާއި މިފަދަ ޕްރޮގުރާމެއްގެ އަލީގައި އެ ފަރާތްތައް ކީރިތި ގުރުއާން އުންގަންނާދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ގުރުއާނާއި ބެހޭ ގައުމީ މަރުކަޒުން ހިންގާ ކޯސްތަކުގައި އެމްސީއެސްގެ މުވައްޒަފުންގެ ތެރެއިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް އެ ކޯސް ހެދުމުގެ ފުރުސަތު އޮތްކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު ޢަބްދުﷲ ސަޢުދާންވެސް ވަނީ ވާހަކަދައްކަވައިފައެވެ. އެބޭފުޅާ ވިދާޅުވީ، މި އެމްއޯޔޫއަކީ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ދިވެހި ރައްޔިތުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުރެވުނު ކަމެއްކަމަށެވެ. އަދި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ކީރިތި ގުރުއާން އުގަންނައިދިނުމަށްޓަކައި އެ މަރުޒަކުޒުންކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން އެ ބޭފުޅާދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: